ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަނިލް ވިކްރަމަސިންހަ ހޮސްޕިޓަލަށް ބަދަލުކޮށްފި

އަދާދެރަނަ ޖަލުގައި ހުންނެވި ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ، ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލަށް މިއަދު ބަދަލުކޮށްފިއެވެ.

ސްރީލަންކާގެ މީޑިއާތަކުން ބުނީ ރަނިލް ޖަލަށް ބަދަލުކޮށްފައިމިވަނީ ސިއްހީ ހާލަތުހުރިގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭކަމަށް ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންކަމަށެވެ. ހައްޔަރުކުރެއްވުމުގެ ކުރިންވެސް ރަނިލް އަކީ ހަކުރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެކެވެ. ރަނިިލް ހައްޔަރުކުރުމަށްފަހު ފަރުވާގެ ކަންކަން ކުރިއަށްގެންދިޔައީ ޖަލުގައި ހުންނަ ސިއްހީ ފަރުވާދޭ ޔުނިތަކުންނެވެ.

ރަނިލް ކޮލަމްބޯ ހޮސްޕިޓަލަށް ބަދަލުކުރެއްވީ ލޭގެ ޕްރެސަރާއި ހަކުރު މިންވަރު މަތިވުމާ ގުޅިގެންނެވެ. ޑޮކްޓަރުންގެ ޓީމުން ވަނީ ރަނިލްގެ ހާލަތަށް ބައްލަވައި ގޭގައި ކައްކައިގެން ކާތަކެތި ހޮސްޕިޓަލަށް ގެނައުމަށް ހުއްދަ ދީފައެވެ.

ރަނިލް ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ ބައިތުލްމާލުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރެއްވިކަމުގެ ތުހުމަތުގައެވެ. އެގޮތުން 2023 ވަނަ އަހަރު ރަނިލް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ދައުލަތުގެ ފައިސާ އުސޫލުން ބޭރުން އަމިއްލަ ބޭނުންތަކަށް ބޭނުންކުރެއްވިކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާކަމަށް އެޤައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނު ކަނޑުގެ ސިފައިން ދުވަސްކޮޅަކު ތިބޭނެ، ފްރީ ވިސާ ދޭން ވަނީ ނިންމާފައި: ސްރީލަންކާ ސަރުކާރު

ކުށްކުރާ މީހުން ހިފައި ހައްޔަރުކުރަން މުޅި ސްރީލަންކާގައި ޚާއްސަ އޮޕަރޭޝަނެއް، 857 މީހުން ހައްޔަރުކުރި

ހާލުގައި ޖެހުނު ފަރާތްތަކަށް އެހީގެގޮތުގައި މިހާތަނަށް 13 ބިލިއަން ރުޕީސް ދޫކުރެވިއްޖެ: ސްރީލަންކާ ސަރުކާރު

އިތުރު ހަށިތައް ފެނި ލަންކާއިން މަރުވި މީހުންގެ އަދަދު 627 އަށް، މޫސުން ގޯސްވެދާނެކަމުގެ އިންޒާރުވެސް ދީފި