ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަލްޓަން ޕާރކް އަލުން ތަރައްޤީކުރުމަށް ބަންދުކޮށްފި

ސަލްޓަން ޕާރކް އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވާތީ އެތަން ބަންދުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ސަލްޓަން ޕާރކު އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެހެން ކަމުން މިއަދުން ފެށިގެން ތިން މަހުގެ މުއްދަތަކަށް ސަލްޓަން ޕާރކު ބަންދުކޮށްފައިވާ ކަމަށެވެ.

ޒަމާނީ ފެންވަރަށް ސަލްޓަން ޕާރކު އަލުން ތަރައްޤީ ކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ސަލްޓަން ޕާކަށް ވަރަށް ބޮޑު ބަދަލެއް ގެންނަވައިފަ އެވެ.

ނަމަވެސް ނިމިިދިޔަ ސަރުކާރުގައި އެތަން އެކަށީގެންވާ ގޮތެއްގައި ބަލަހައްޓައިފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

456388 868bab6b a

ސަލްޓަން ޕާކް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި