ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކުއަކަލްޗަރގެ މަސައްކަތަށް ފަޅު ރަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

TTH_Ads
STO_Ads
Advertisement

އެކުއަކަލްޗަރ ހަރަކާތްތައް ތަރައްޤީކޮށް، ހިންގައި އަދި ބެލެހެއްޓުމަށްޓަކައި ފަޅު ރަށްރަށާއި އެ ރަށްރަށުގެ ފަޅާއި ފަރުތައް ކުއްޔަށް ދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެކުއަކަލްޗަރގެ މަސައްކަތްކޮށް މަސްވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރުން އަންނަނީ އެކި މަޝްރޫޢުތައް ކުރިއަށްގެންދަވަމުންނެވެ. މިގޮތުން ގަވާއިދުތަކަށް އެކި އިސްލާޙުތައް ގެނެސް މިމަސައްކަތް ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ވަނީ އެކުއަކަލްޗަރ ހަރަކާތްތައް ތަރައްޤީކޮށް، ހިންގައި އަދި ބެލެހެއްޓުމަށްޓަކައި ފަޅު ރަށްތަކާއި އެ ރަށްތަކުގެ ފަޅާއި ފަރުތައް ކުއްޔަށް ދިނުމަށް ބީލަމަށް ހުޅުވާލާފައެވެ. މިގޮތަށް ދޫކުރާ ރަށްރަށް ފުރަތަމަ ކުއްޔަށް ދޫކުރެވޭނީ 21 (އެކާވީސް) އަހަރުގެ މުއްދަތައްކަމަށް އެ ވުޒާރާއިން ވިދާޅުވެ.

HajjCop_ads
MMA_Ads
Advertisement

އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް، މި މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮތް ނަމަވެސް މުޅި ޖުމްލަ 50 އަހަރަށްވުރެ އެ މުއްދަތު އިތުރެއް ނުކުރެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

އެ ވުޒާރާއިން ވިދާޅުވީ ބީލަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ރަށް ނުވަތަ އެކަހެރި ފަޅުތައް އަމިއްލައަށް ބަލާ ދިރާސާކުރަންޖެހޭނެ ކަމަށެވެ. އަދި ބީލަން ހުށަހަޅާ ފަރާތުން މިފަދަ ދިރާސާއެއް ކުރަން ބޭނުންވާނަމަ، އެ ވުޒާރާއިން ދޫކުރާ ޒިޔާރަތްކުރުމުގެ ހުއްދައެއް ހޯދަންވާނެކަމަށާއި ރަށް ނުވަތަ ފަޅުގެ ދިރާސާ ނުކުރި ނަމަވެސް ބީލަން ބާޠިލެއް ނުވާނެކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރު 6 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ވަނީ 2020 ވަނަ އަހަރު އެކުލަވާލާފައިވާ އެކުއަކަލްޗަކުރުމުގެ ގަވާއިދަށް އިތުރު އިސްލާޙެއް، ގެންނަވާފައެވެ. މިގޮތުން މީގެ ކުރިން އެކުއަކަލްޗަރގެ މަސައްކަތްކުރުމަށް ފަޅު ރަށްތަށް ދޫކުރެވޭގޮތަށް އޮތް އުސޫލު ބަދަލުކުރައްވާ، މިމަސައްކަތް ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިޞާސްގައި ނުހިމެނޭ ފަޅުތަކާއި، ކަނޑުގެ ސަރަޙައްދުވެސް ކުއްޔަށް ދޫކުރެވޭނެހެން ޤަވާއިދު ވަނީ އިސްލާޙުކުރައްވާފައެވެ.

މިއިސްލާޙުގައި ބަޔާންކޮށްފައިވާގޮތުން، އެކުއަކަލްޗަރގެ މަސައްކަތް ކުރުމަށް ފަޅަކުން އަދި ކަނޑުގެ ސަރަޙައްދަކުންވެސް ކުއްޔަށް ދޫކުރެވޭނީ ދިވެހި ރައްޔިތަކަށް، ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކަށް ނުވަތަ ރާއްޖޭގައި ރަޖިސްޓަރކޮށްފައިވާ ފޮރިން އިވެންސްޓްމަންޓް ކުންފުންޏަކަށް ނުވަތަ ކޯރޕަރޭޓް ސޮސައިޓީއަކަށްކަމަށް ވަނީ ބަޔާންކޮށްފައެވެ.

ދެމެހެއްޓެނިވި ގޮތުގައި ކަނޑުމަހުގެ މަސްވެރިކަން ކުރިއެރުވުމަށާއ،ި ދެމެހެއްޓެނިވި ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމާއި އެކުއަކަލްޗަރ ދާއިރާ ކުރިއެރުވަށް އިންޑިއާގެ މިނިސްޓްރީ އޮފް ފިޝަރީޒ،ް އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީންގެ ދަށުން ހިނގާ ޑިޕާޓްމަންޓް އޮފް ފިޝަރީޒްއާއެކު ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ކަނބަލުންނަށް އިންޓާންޝިޕް ޕްރޮގްރާމެއް

43

އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

Igmh

އިންޑިއާ ކަނޑުގެ ޓޫނާ ކޮމިޝަންގެ 30 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ 

43

މަސްވެރިންނަށް އުފާވެރިކަން: އެސްޓީއޯ ރޭޓްގައި 13 ރަށަކުން މިހާރު ތެޔޮ ލިބޭނެ