ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުމްބާއީ ފެންބޮޑުވެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް

އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީގައި ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާއެއް ދިމާވެއްޖެއެވެ.

އިއްޔެ މުމްބާއީގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާކަމަށާއި، މިކަމުގެ ސަބަބުން އެ ސިޓީގެ އަސާސީ ޚިދުމަތްތައް މ މެދުކެނޑިފައިވާކަމަށް ރިޕޯޓުތަކުން ފާހަގަކުރެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، މި ވިއްސާރައިގެ ސަބަބުން އެއް މިލިއަނަށްވުރެ ގިނަ މީހުން އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެފައިވާ ކަމަށާއި، އެ ސިޓީގެ މަގުތަކުގައި ފެންބޮޑުވެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މުމްބާއީގެ ރޭލާއި ވައިގެ ދަތުރުފަތުރުވެސް ކެންސަލްކުރަން ޖެހިފައިވާކަމަށް ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ.

ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން ގިނަ ސަރަޙައްދުތަކުގައި ނަރުދަމާ ނިޒާމު ހަލާކުވެ، ލީކުވުމުގެ ސަބަބުން ގިނަގުނަ ދަތިތަކާ ކުރިމަތިވެފައިވެއެވެ.

މުމްބާއީގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، މީހުން ތޮއްޖެހިފައިވާ ސަރަޙައްދަކުން ރެސްކިއު ޓީމުތަކުގެ އެހީގައި 600 މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައިވެއެވެ. އޭގެ ތެރެއިން 23 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެވިފައިވާކަމަށްވެސް އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި މުމްބާއީއަށް 800 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ، އެ އިދާރާއިން ވަނީ ރަތް އެލާޓެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ނަޝީދު ފާޑުވިދާޅުވެއްޖެ

ނިއުދިއްލީގެ މަސް މާރުކޭޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ، ސަރުކާރުގެ ބަހެއް އަދިނެތް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޮޑު ނަތީޖާއަކުން އިންޑިއާ ބަލިކޮށްފި

ޔަހޫދީންނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓް ލިބިގެން އިންޑިއާގެ ބައެއް ސިޓީތަކުގައި ސަލާމަތީ ފިޔަވަޅު އަޅައިފި