ކުއްލި ޚަބަރު

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

އުކުޅަހު ސްކޫލު އޮފީހުގެ އައު އިމާރާތުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ޙަވާލުކޮށްފި

އއ. އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރަމުގެ މަޝްރޫޢު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ފަހި ދިރިއުޅުން ކޯޕަރޭޝަނާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.

އުކުޅަހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އުކުޅަހު ސްކޫލުގައި އައު އޮފީސް އިމާރާތެއް ޤާއިމްކުރެވިގެންދިއުމަކީ އެރަށް ނުހަނު ބޭނުންވެފައިވާކަމައްކަމަށް ޤަބޫލުކުރައްވާކަމަށެވެ.

” އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް އެޅުމަށް މިރޭ ި ސޮއިކުރެވިގެންދިޔަ އެއްބަސްވުމަކީވެސް މި ރަށަށް ވަރަށް ބޭނުންތެރި މަޝްރޫޢެއް، މި މަޝްރޫޢު ނިމުމާއެކު، ތަޢުލީމީ ކަންކަމަށް، ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް، އަދި ވަކިން ޚާއްސަކޮށް ޓީޗަރުންނާއި، ސްކޫލުގެ އެންމެއި މުވައްޒަފުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ”. ރައީސް

އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ޤާއިމްކުރުމާއި ގުޅޭ މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަަރާތުން ސޮއިކުރެއްވީ، ވަޒީރު ޑރ.އިސްމާއީލު ޝަފީއުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރައްޒާންއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

“ވިލުންތެރި ރާއްޖެ 2045″ އަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތަކުެ %50 ނިންމާލައިފި

ހުރިހާ ވިސާއަކުން އަންނަ މުސްލިމުންނަށް އުމްރާވަން ސައޫދީން ފުރުސަތު ހުޅުވާލައިފި

sdfc

އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯ އިސްލާމީ ބޭންކިން އުސޫލުތަކަށް ބަދަލުކުރަނީ

TTH_advertisement