ކުއްލި ޚަބަރު

އަންނަ ރޯދަ މަހު ވެސް ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހިލޭ ލިބޭނެ

ތައުލީމީ ދާއިރާގައި ހައްދުފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރުމަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

ޑްރަގާއެކު އަތުލައިގަތް ލަންކާ ބޯޓުގައި ތިބި ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދަށް

މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އަޅައިފި

އއ. މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެއްޓާ ރަށްޓެހިގޮތަކަށް ކުނި މެނޭޖްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާއެޅި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި، އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީއެވެ.

މިރަސްމިއްޔާތުގައި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި މަތިވެރިވެރި ކައުންސިލުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 1.06 މިލިޔަން ރުފިޔާއަށް، 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިމަޝްރޫޢުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒު މަރާމާތުކުރުމާއ،ި ކުނީގެ ގޮތުގައި އުކާލެވޭ ނުރައްކާތެރި ތަކެތި ރައްކާކުރާނެ ތަނެއް ހެދުމާއި، ވެއަރ ހައުސްއެއް ބިނާކުރުމާއި، ލޭންޑްސްކޭޕިންގެ މަސައްކަތްތަކާއި މިހާރު ހުރި ބައުންޑަރީ ފެންސް މަރާމާތުކުރުންވެސް ހިމެނެއެވެ.

މަތިވެރީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އެޅިއިރު، މިއަދު ހެނދުނު ވަނީ އެރަށުގައި ތަރައްޤީކުރާ އެއަރޕޯޓްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވެސް ފަށައިފައެވެ.

އއ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

މީގެއިތުރުން ރައީސްގެ މި ދަތުތުފުޅުގައި، އެއަތޮޅު ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަތިވެރިއާއި ރިނބުދޫގައި މިސްކިތް ބިނާކުރަން ހަވާލުކޮށްފި

މަތިވެރިއާއި ރިނބުދޫގައި މިސްކިތް ބިނާކުރަން ހަވާލުކޮށްފި

މަތިވެރީ އެއަރޕޯޓް ތަރައްޤީކުރަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

Img 4284 r96j5699h4rn6q948hazc0u3ojy5ywl2bwnrl8bhjo

މަތިވެރި އެއާޕޯޓް ދެކޮޅުޖެހޭ ފީސަބަލް އެއާޕޯޓަކަށްވާނެ: ރައީސް

TTH_advertisement