ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރީ-އެމްޕްލޯއިމަންޓްގެ ބިލް މަޖިލީހަށް

majilis
TTH_Ads
STO_Ads

ދައުލަތުގެ ވަޒީފާގައި އުމުރުން 75 އަހަރާ ހަމައަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އަމާޒުކޮށް، “ރީ-އެމްޕްލޯއިމަންޓްގެ ބިލު” ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއްޖެއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ވަޒީފާ އަދާކުރަމުން އަންނަ ފަރާތްތަކަށް އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ.

Maldivian_Ads

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރީ-އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ވަޒީފާ ދެވޭނީ ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ 65 އަހަރާއި 75 އަހަރާ ދެމެދުގެ މުވައްޒަފުންގެ ތެރެއިން ވަޒީފާގައި ދެމިހުރުމަށް އެދޭ ފަރާތްތަކަށެވެ. މީގެ އިތުރުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 7 އަހަރު ކުރިން ޕެންޝަން ލިބުމުގެ އުމުރު ހަމަވެ، ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް މި އުސޫލުގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ހަމަޖައްސަންވާނީ އަހަރަކުން އަހަރަކަށް އައުކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އުސޫލުގެ ދަށުން މުވައްޒަފު ކުރިން އަދާކުރަމުން އައި މަޤާމު ނުވަތަ އެފެންވަރުގެ އެހެން މަޤާމަކަށްވެސް ހަމަޖެއްސިދާނެއެވެ.

ބިލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭ ފަރާތްތަކަށް ދެވޭ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އުސޫލުން ވަޒީފާ އަދާކުރާ ފަރާތްތަކަށް 65 އަހަރު ފުރުމުން ދެވޭ އަސާސީ ޕެންޝަން ނުލިބުނު ނަމަވެސް، ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭންޖެހޭ އެހެނިހެން ޕެންޝަންގެ ފައިސާ ލިބޭނެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ވަޠަނީ ޚިދުމަތުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދަނީ

އައިޕީޔޫގެ ބައްދަލުވުމަށްފަހު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފި

14 ވަޒީރަކަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް

majilis

ދެ ގައުމަކަށް ނޮން-ރެސިޑެންސް ސަފީރުން އައްޔަނުކުރުމަށް ރުހުން ދީފި