ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭންގް ބޭންގް މުބާރާތުން އެއްވަނަ އެމްއޭސީއެލްއަށް

އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގެ މޮބައިލް ލެޖެންޑް, ބޭންގް ބޭންގް (އެމްއެލްބީބީ) މުބާރާތުގެ އެއްވަނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހޯދައިފި އެވެ.

މިއީ އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ބޭއްވި ދެވަނަ ފަހަރެވެ. މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސް ޓީމުތައް އެއްތަނަކަށް އެއްވެ އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމުތަކާއި ކުޅުންތެރިން ބައިވެރިކުރުމުގެ ފުރުސަތު ދިނުމެވެ.

އެމްއެލްބީބީ މުބާރާތުގައި ފަސް ކުންފުންޏަކުން ނުވަ ޓީމު ބައިވެރިވިއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަކީ އެމްއޭސީއެލް އެވެ.

އެމްއޭސީއެލްއަކީ އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެއް ކުންފުނި ކަމަށްވާއިރު ކުންފުނިތަކުގެ މެދުގައި އެކުވެރިކަން އުފެއްދުމަށް ބާއްވާ މުބާރާތްތަކުގައި މި ކުންފުނީގެ މުވައްޒަފުން ބައިވެރިވެ, ވާދަކޮށް ރަންވަނަތައް ހޯދުމަކީ ކުންފުނިން އަބަދުވެސް ހިތްވަރުދޭނެ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

FB IMG

އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް “ވެލާނާ އެވޯޑްސް” ދީފި

އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް: ޝަރީފް