ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލަކު ސިޓީ ކައުންސިލަށް ގަސްތަކެއް ހަދިޔާކޮށްފި

112
STO_Ads
TTH_Ads

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، ފުވައްމުލަކު ސިޓީއަށް ގަސް އަދި ނާސަރީއެއް ހިންގުމަށް ބޭނުންވާ ސާމާނު ހަދިޔާކޮށށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ހަދިޔާ ކުރެވުނު ގަސްތަކާއި ނާސަރީ ސާމާނަކީ ފުވައްމުލަކު ސިޓީގެ އެކި ސަރަހައްދުތަކުގައި ގަސް އިންދައި، ސިޓީ ކައުންސިލްގެ ދަށުން ހިންގޭ ނާސަރީއެއް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގަސް ހައްދައި ބެލެހެއްޓުމަށް ބޭނުންވާނެ އެހީތެރިކަމެކެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ކަމާބެހޭ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއިރު، ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

HajjCop_ads

މި ހަދިޔާ ބަލައިގަތުމަށްފަހު، ފުވައްމުލަކު ސިޓީގެ މޭޔަރު ވިދާޅުވީ، މިކަމަކީ ސިޓީގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ މުހިންމު އެހީތެރިކަމެއް ކަމަށާއި، މި ގަސްތަކުގެ ސަބަބުން ސިޓީގެ ފެހިކަން އިތުރުވެ، ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ފުވައްމުލަކު ދަޑިމަގު ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރުވެއްޖެ

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މަލްޓި-ޑިސިޕްލިނަރީ ޓީމެއް ފުވައްމުލަކަށް

Fuvahulah atoll maldives banner

5 މިލިޔަން ގަސް ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ނާސަރީއެއް

Police vcle

ބަނގުރާ އުފައްދަން ގެންގުޅޭ ސާމާނުތަކެއް ފުވައްމުލަކުން އަތުލައިގެންފި