ކުއްލި ޚަބަރު

ފެނަކަ އާއި ބްލަޑް ސާވިސް ގުޅިގެން އައްޑޫގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށަނީ

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ޝަފީގު އެޗްއާރްސީއެމްއަށް އައްޔަން ކުރަން ރުހުން ދީފި

B 202508121031001754976660.9757

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)އަށް އައްޔަނު ކުރުމަށް މުހައްމަދު ޝަފީގު މަހުމޫދު، މ. ކޮޕީ، އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

އެ މަގާމަށް ޝަފީގު އައްޔަނުކުރަން މަޖިލީހުން ރުހުން ދިނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ މުއްދަތު އަންނަ މަހު 8 އަށް ހަމަވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާނުކުރުމުން އެކަމަށް ޖަވާބުދިން ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަތް ދެ ނަމެއް ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.

ނަމަވެސް ދެން ރައީސް ފޮނުއްވި މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން އަށް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން އެޗްއާރުސީއެމްގެ މެންބަރުކަމަށް އޭނާގެ ނަން ފާސްކުރަން ބޭނުންވާ މިންވަރަށް ކޮމެޓީން މާކުހެއް ނުލިބުނެވެ.

މިހާރު އެޗްއާރްސީއެމްގައި ތިއްބަވާ މެންބަރުންނަކީ:
ރައީސް މަރިޔަމް މުނާ
ނައިބު ރައީސް މޫމިނާ ވަހީދު
ސަމާއު އަހްމަދު ނަޖީބް
އާމިނަތު ޝިފާތު އަބްދުއްރައްޒާގު
އިސްމާއިލް ހަބީބް އަބްދުއްރަހްމާން

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr Rameela

އެޗްއާރުސީއެމްގެ ރައީސަކަށް ޑރ. ރަމީލާގެ ނަން

އެޗްއާރުސީއެމަށް އައްޔަން ކުރަން ރަމީލާގެ ނަން މަޖިލީހަށް ފޮނުވައިފި

HRCM

އެޗްއާރުސީއެމްގެ މެންބަރު ކަމަށް ހުޅުވާލައިފި

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ދެ ބޭފުޅަކު ޢައްޔަންކުރައްވައިފި

TTH_advertisement