ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަގު ހަދަން އެމްއެމްއޭ ކައިރިން ބޭރު މަގު ބަންދުކުރަން ނިންމައިފި

މާލޭގައި ވަށައިގެން އޮންނަަ މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށް އެމްއެމްއޭ ކައިރިން އެ މަގުގެ އެެއްފަޅި ބަންދުކޮށް، އެ ސަރަހައްދުގެ ފަޅު ވެސް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ފަޅި ބަންދު ކުރާނެ ކަމަށެވެ.

އެހެންވެ، އެކަމާ ގުޅިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް ކައުންސިލުން މާފަށް އެދެ އެވެ.

އެ އިއުލާނާ އެކު، އާންމުކުރި ޗާޓުގައިވާ ގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެ އެވެ. އަދި ގިނަ އަދަދެއްގެ އަތޮޅު ފެރީތައް ވެސް ވަންނަ އެ ސަރަހައްދުގެ ފަޅު ކުރިއަށް އޮތް ދުވަސްތަކުގައި ބަންދު ވާނެ ކަން ކައުންސިލުގެ ޗާޓުން ދައްކަ އެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި ކާރޫބާރޫ ބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގު ވެސް ޓްރެފިކަށް ބަންދު ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ދެމެދުގެ ސަރަހައްދު ހުރި ކަނޑު އުޅަނދުތައް ނަގަން އަންގައިފި

Male city council

ނައްތާލަން ބޭނުންވާ ބައު މުސްހަފުތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި