ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

4000 ފްލެޓްގައި ދިރިއުޅެން ފަށަންވާއިރަށް ބަސް ސްޓޮޕްތައް ހަދަނީ

112

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4000 ފްލެޓްގައި މީހުން ދިރިއުޅެން ފަށަންވާއިރަށް، ފްލެޓްތައް ހުންނަ ސަރަހައްދުތަކުގައި އިތުރު ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން ބުނީ އެއީ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތް ތަނަވަސްކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް 2000އަށްވުރެ ގިނަ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދާދިފަހުން ސަރުކާރުން ވަނީ ކަސްޓަމްސްގެ 100 މުވައްޒަފުންނަށް ފްލެޓް ދޭން ނިންމައި، އެ މުވައްޒަފުންނާއެކު ވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

V Visna
Varey hiyaa vaane gothakah bus stop thah hadhdhavaane kamah ummeedhu kuran

ގުޅުންހުރި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި