ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަންޑާރަނައިބު އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

414155 6a535947 3

ބަންޑާރަނައިބު އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ފޮނުއްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އެ ބިލު މަޖިލީހުން ފާސްކުރީ މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ.

ބިލު ހުށަހަޅާފައިވަނީ، ގާނޫނުގައި ބަޔާންކުރާ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްތުތައް މުރާޖައާކުރުމަށާއި، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކުރުމަށް، އަދި އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ބެހޭ ބައެއް އުސޫލުތައް އިސްލާހުކުރުމަށްޓަކައި ކަމަށެވެ.

ބިލުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންނާ ގުޅޭ މާއްދާއެއް އިތުރުކުރުމަށް ހުށަހަޅާ އިސްލާހެވެ.

އެ މާއްދާގައި ބުނެފައިވަނީ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އެ މީހުންގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، ބަންޑާރަނައިބު ދޭ އިރުޝާދުގެ ދަށުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އަދި ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމަށް އިސްކަންދީގެން ކަމަށެވެ.

އެ ބިލުގައިވާ ގޮތުން އޭޖީގެ ވަކީލުން މަގާމުގައި ދެމިހުންނައިރު އަދި މަގާމުން ވަކިވުމަށްފަހުގައިވެސް، އެމީހެއްގެ މަގާމު އަދާކުރުމުގައި އެމީހަކަށް ލިބިފައިވާ މައުލޫމާތުތަކާއި ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތަކާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފަހައްޓަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

458379 5a48a80a 6

އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ލިބޭ ދާއިރާތައް އަންނަ މަހުން ފެށިގެން ފުޅާވާނެ: ރައީސް

458357 8300ed9c b

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ވުނަކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ މިންވަރު އިތުރުވެފައިވާކަމަށް ރައީސް ވިދާޅުވެއްޖެ

458374 7dd14a71 f

ގޯތި ދޫކޮށްލުމުން ފްލެޓް ލިބޭ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ

DSC

ހުޅުމާލެއަށް ދޫކޮށްފައިވާ ގޯތިތަކުގެ ފެނާއި ނަރުދަމާ ގާއިމްކުރަން ފަށަނީ