ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު އުފައްދައިފި

112

ދިވެހީންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަގުސަދުގައި ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ނަމުގައި ހާއްސަ އިދާރާއެއް ރައީސް މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ އިދާރާ ހިންގާނީ ތަރިކައާ ބެހޭ މިނިސްޓްރީގެ ދަށުން ކަމަށެވެ. އެ އިދާރާ އުފެއްދީ “ދިވެހި ގައުމިއްޔަތު އާލާ ކުރުމުގެ ގައުމީ ނިޒާމު” ގެ ތެރެއިން ދިވެހި ބަހާއި ތާރީހާއި ތަރިކަ އާއި އާދަކާދަތަކުގެ އިތުރުން ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް ދިރުވައި އާލާ ކުރުމަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ދިވެހީންގެ މެދުގައި ދިވެހިންވަންތަކަމާއި ދިވެހީންގެ ހައްގުގައި ހިދުމަތް ކުރުމުގެ ވިސްނުމާއި ރޫހު ދިރުވައި އާލާ ކުރުމެވެ.

މީގެ އިތުރުން ރާއްޖެ އާއި ދިވެހި ގައުމިއްޔަތާ ގުޅޭ ގޮތުން އެކި ބަސްބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމާއި ރާއްޖެ އާއި ދިވެހީންނާ ގުޅޭ ގޮތުން ހުރި އެވޭލާ ބަސްމަގުގެ ލިޔުންތައް މިހާރުގެ ބަސްމަގަށް ބަދަލު ކުރުން ވެސް އެ އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް