ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޒުވާން ވިޔަފާރިވެރިންނަށް “ވުނާރި ބިޒްނަސް ކޭމްޕް” ބާއްވައިފި

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހާ ގުޅިގެން “ވުނާރި ބިޒްނަސް ކޭމްޕް” ގެނަމުގައި ޚާއްޞަ ތަމްރީން ކޭމްޕުތަކެއް އިއްޔެ ބާއްވައިފިއެވެ.

ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ ޒުވާނުންނާއި، އެނޫންވެސް ޒުވާނުން ބައިވެރިކޮށްގެން މި ކޭމްޕުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ އެއްފަހަރާ ބާއްވައިފައެވެ. އެގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ބިޒްނަސް ސެންޓަރތަކުން ތަފާތު ޙަރަކާތްތައް ހިމަނައިގެން މި ކޭމްޕުތައް ރާއްޖޭގެ 12 ސަރަހައްދެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކޭމްޕުގައި ވިޔަފާރި ހިންގުމުގެ ހުނަރުވެރިކަން ދަސްކޮށްދިނުމުގެ އިތުރުން ތަފާތު ވިޔަފާރިތަކުގެ ޚިޔާލު ހުށަހެޅުމާއި، ވިޔަފާރި އުފެއްދުންތައް އުފެއްދުމާއި، އިޝްތިހާރު ކުރުމާއި ވިއްކުމުގެ ވައްޓަފާޅި، ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވި، ޚިޔާލު ބަދަލު ކުރުމުގެ ތެރެއިން ވަނީ ޙިއްޞާ ކުރެވިފައެވެ. އެކި ރަށްރަށުގައި މި ކޭމްޕް ހިންގިއިރު ބައެއް ރަށްރަށުގެ ވިޔަފާރިވެރިންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ކައުންސިލްތަކުގެ އިތުރުންވެސް ތަޖުރިބާކާރު ބައެއް ބޭފުޅުންގެ ބައިވެރިވުން ލިބިފައިވެއެވެ.

މިފަހަރުގެ ޙަރަކާތް، ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް މަޢުލޫމާތު ސެޝަންތައް ކުރިއަށް ގެންދާ ގޮތާއި ތަފާތުކޮށެވެ. އެގޮތުން މިފަހަރުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޝައުގުވެރި ގިނަ ކަންތައްތަކެއް ހިމަނައިގެން ގޮނޑުދޮށް ސަރަހައްދުގައެވެ. މީގެ ބޭނުމަކީ ރާއްޖެއަކީ މުއްސަނދި ތިމާވެއްޓެއް އޮތް ގައުމެއްކަން ޒުވާނުންނަށް އަންގައިދީ، ކުޅިވަރުތަކާއެކު، ޝައުގުވެރި މާހައުލެއްގައި ވިޔަފާރިއާ ގުޅުންހުރި އެކި މަޢުލޫމާތުތައް ޒުވާނުންނާ ހިއްސާކުރުމެވެ.

މި ކޭމްޕަށް ލިބުނު ތަރުހީބަށް ބަލާއިރު މިފަދަ ޙަރަކާތްތައް ޒުވާނުންނާ ގުޅޭ މިފަދަ މާހައުލުތަކުގައި ޝައުގުވެރި ގޮތަކަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރެވިފައެވެ.

ބީސީސީ އިން ދަނީ ރާއްޖޭގެ އިޤްތިޞާދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ހިއްސާ އިތުރުކޮށް، ވިޔަފާރީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި މަޢުލޫމާތުތައް ދިނުމަށް ތަފާތު ޙަރަކާތްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮންޓަޕްރިނިއަރޝިފް ފެސްޓިވަލްގައި ރާއްޖޭން ބައިވެރިވެއްޖެ

އެމް.އެސް.އެމް.އީ އެވޯޑްސް ނޮމިނޭޝަންތައް އިއުލާންކޮށްފި

އެމްއެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

Saeeed

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ކާމިޔާބު: ސައީދު

TTH_advertisement