ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެމްއޭގެ ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް: 100،000 ރުފިޔާއާ ހަމައަށް އިސްލާމިކް ފައިނޭންސް ފަންޑިންގ

112
STO_Ads
Maldivian_Ads
TTH_Ads
Advertisement

މަރުކަޒީ ބޭންކް, އެމްއެމްއޭއިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ގެ ނަމުގައި މުބާރާތެއް އިއުލާނުކޮށްފިއެވެ. މާލީ ހޭލުންތެރިކަމާއި އަދި ވަކިން ޚާއްސަކޮށް ރާއްޖޭގެ އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އެމްއެމްއޭއިން ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް މިހާރުގެ މާލީ ގޮންޖެހުންތަކަށް އެދެވޭ ހައްލުތައް އިލްމީ އަދި ދިރާސީ ނަޒަރަކުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ބެހިގެންވަނީ ދެ ގިންތިއަކަށެވެ. އެގޮތުން، ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމީ ފައިނޭންސިންގ އަށް އައު ހައްލުތަކާއި ގުޅޭގޮތުންނެވެ. މި ގިންތި އަމާޒުކޮށްފައިވަނީ ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އިޖްތިމާޢީ ވިޔަފާރިވެރިންނަށެވެ. މި ގިންތި ފަރުމާކުރެވިފައިވަނީ ޝަރީޢާއާ އެއްގޮތްވާ ޙައްލުތަކުގެ ޒަރީޢާއިން މާލީ ނިޒާމު ވަރުގަދަކުރެވޭނެ ޚިޔާލުތަކާއި ނަމޫނާތަކަށެވެ. 18 އަހަރުން މަތީގެ ވަކިވަކި ފަރުދުންނާއި އަދި 3 މެމްބަރުންގެ ޓީމްތަކަށްވެސް މި ގިންތީގައި ބައިވެރިވެވެނެއެވެ. ނަމަވެސް މުބާރާތުގައި އެމްއެމްއޭގެ މުވައްޒަފުންނާއި އެމްއެމްއޭގެ ޕާޓްނަރުންނަކަށް ބައިވެރިއެއް ނުވެވޭނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. މި ގިންތީން އިމްޕެކްޓް ޕިޗް ޗެލެންޖް ކާމިޔާބުކުރާ ފަރާތްތަކަށް 30،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭނެއެވެ. މީގެ އިތުރުން ފަންޑިންގ، މެންޓާޝިޕް ފުރުޞަތުތައް ލިބިދާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ތަމްވީލު އިމްޕެކްޓް ޕިޗް ޗެލެންޖް ދެވަނަ ގިންތި އަމާޒުކޮށްފައިވަނީ “ދިރާސާއާއި ސިޔާސަތުގެ އަލީގައި ވަށައިޖެހޭ އިސްލާމިކް ފައިނޭންސް ނިޒާމެއް” މި މަޢުޟޫއަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ ދިރާސާކުރާ ފަރާތްތަކާއި، ދައިރާގެ ފަންނީ ތަޖުރިބާކާރުންނާއި އަދި މުއައްސަސާތަކަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ އިސްލާމިކް ފައިނޭންސްގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަމާއި އަދި އިޖްތިމާޢީ އަސަރު އިތުރުކުރުމަށް ދިރާސާއާއި ސިޔާސަތުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ހުށަހެޅުންތަކަށެވެ. މި ބައިގައި އަލިއަޅުވާލެވޭ ދާއިރާތަކުގެ ތެރޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭންތަކާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި އަދި ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. މި ގިންތީގައި ބައިވެރިވާ ފަރާތްތައް ވާދަކުރާނީ ޖުމްލަ 100،000 ރުފިޔާގެ ފަންޑަކަށެވެ.

HajjCop_ads
Advertisement

މުބަރާތުގެ ދެ ގިންތީގައިވެސް ދިވެހިންނާއި ބޭރުމީހުންނަށްވެސް ބައިވެރިވެވޭނެއެވެ. ނަމަވެސް ބައިވެރިންގެ ހުށަހެޅުންތައް ދިވެހިރާއްޖޭގެ ޙާލަތާ ގުޅޭ އަދި މުބާރާތުގެ މައުޟޫޢުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުންނަންވާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖަކީ ދުޅަހެޔޮ މާލީ ނިޒާމަކާއި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީގެ ޒަރީޢާއިން މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް އެމްއެމްއޭއިން ފަށަފައިވާ ތަމްވީލް ފިންލެޓް ފެސްޓިވަލުގެ ބައެކެވެ. މި ފެސްޓިވަލުގައި އިމްޕެކްޓް ޕިޗް ޗެލެންޖުގެ އިތުރުން 5 އިތުރު ހަރާކާތް ހިމެނެއެވެ. އޭގެ ތެރޭގައި، ފިންލެޓް ޗެލެންޖް، އިކޮންކުއެސްޓް ބަހުސް މުބާރާތް، ފިއުޗަރ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް، ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތުގެ އިތުރުން ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއްވެސް ހިމެނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

އެމްއެމްއޭ ރިސަރޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

MMA

ބޭރުފައިސާއާއި ބެހޭ އައު ޤާނޫނާއެކު އާމްދަނީ 40 އިންސައްތައަށް އަންނަ މަހު މާރުކުރަން ޖެހޭނެ

Qw

ބޭރު ފައިސާއާބެހޭ ގާނޫނަށް އައި މައިގަނޑު ބަދަލުތަކަކީ ކޮބާ؟

mma

އެމްއެމްއޭގެ އިންޓާންޝިޕަށް 400 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފި