ކުއްލި ޚަބަރު

އެމްއެމްއޭގެ ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް: 100،000 ރުފިޔާއާ ހަމައަށް އިސްލާމިކް ފައިނޭންސް ފަންޑިންގ

މަގުތަކުގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަނީ

ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ޙައްޖު ކޯޓާގެ ވަކި އިންސަތައެއް 65 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ކުރަނީ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަކީ އިސްލާމް ދީނުގެ ރުކުނެކެވެ. މިއީ ކުޅަދާނަވެގެންވާ މީހާގެ މައްޗަށް ވާޖިބުވާ ހަމައެކަނި ރުކުނެވެ. ޙައްޖުގެ އަޅުކަން އަދާކުރެވެނީ އެކަމަށް ބޭނުންވާ އެކަށީގެންވާ ފައިސާ ހުރެމެ، އެ ބުރަ އަޅުކަން އަދާކުރުމުގެ ކުޅަދާނަކަން ޖިސްމާނީ ގޮތުންވެސް ތިމާގެ ކިބައިގައި ހުރެގެންނެވެ. އެހެންކަމުން ޙައްޖަށް ދިއުމަކީ ކޮންމެ މުސްލިމެއްގެވެސް އުންމީދެކެވެ.

ކޮންމެ އަހަރަކުވެސް ޙައްޖަށް މީހުން ގެންދިއުމަށް ޤައުމުތަކަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ކޯޓާ ދޫކުރައްވައެވެ. ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޖާގައެވެ. 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ކޯވިޑު-19ގެ ޢާލަމީ ވަބާގެ ސަބަބުން 2 އަހަރު ވަންދެން ޙައްޖަށް މީހުން ނުގެންދެވި ދިޔައެވެ. އޭގެ ސަބަބުން ޙައްޖު ކިޔުގައި ތިބި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވިއެވެ. މި މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ އެތައް މީހުންނެއް ހިމެނެއެވެ. ޙައްޖުގެ އަޅުކަމަކީ ހަށްޓަށް ބުރަބޮޑު އަޅުކަމަކަށްވާތީ ޙައްޖަށް ގެންދިއުމުގައި ޢުމުރުން ދުވަސްވީ މީހުންނަށް ފުރަތަމަ އިސްކަންދިނުމަކީ މުހިންމު ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިންސާފުވެރިކަމާއެކު ކޯޓާގެ ކަންކަން ތަރުތީބުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޚާއްސަ އުޞޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެ ގޮތުން މި އުޞޫލުތަކުގައި އަލަށް ޙައްޖަށްދާ ފަރާތްތަކަށް އިސްކަންދިނުމާއި ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ޙައްޖަށް ނުދެވޭ ގޮތް ހެދުން ހިމެނޭކެމަަށް ވަޒީރު ވިދާޅުވިއެވެ. އަދި ޢުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި އިންސައްތައެއް ކޮންމެ އަހަރަކު ކަނޑައެޅުމަށް ސަރުކާރުން ނިންމަވާފައިވާކަން ވަޒީރު ހާމަކުރެއްވިއވެެ. އަދި މި އުޞޫލުތަކަށް އަންނަ އަހަރުން ފެށިގެން ޢަމަލުކުރަން ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“މި ކަންކަމުން ޙައްޖުގެ އާމިލުންނާއި ޚިދުމަތްތެރިންނާއި ސިއްޙީ މާހިރުން އިސްތިސްނާވާނެ. މި ބަދަލުތައް ރައީސް ގެންނަވާފައިވަނީ އިސްލާމީ ދުނިޔޭގައި މިކަމުގައި ޢަމަލުކުރަމުންދާ ފޮތް ބައްލަވާ ދިރާސާކުރެއްވުމަށްފަހު 5 ޖެނުއަރީ 2025 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން.” ވަޒީރު ޑރ.ޝަހީމް

ވަޒީރު ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ކިއު ތަރުތީބުކުރުމަށްޓަކައި ޢުމުރުން އެންމެ ދުވަސްވީ މީހުންނާއި އަލަށް ޙައްޖަށްދާ މީހުންނަށް އަބަދުވެސް އިސްކަމެއް ދެވޭނެ ކަމަށެވެ.

ޙައްޖުގެ ކަންކަން ހަރުދަނާކޮށް، ފުރިހަމަ ޚިދުމަތްތައް ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދީ، ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް ޒަމާނަށް ފެތޭ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މިކަންކަން ފުރިހަމަކުރެއްވުމަށް މިހާތަަނަށް ކުރައްވާފައިވާ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މައްކާ ރޫޓު އިނިޝިއޭޓިވް ދިވެހިންނަށް ތަޢާރަފުކުރުމެވެ.

މައްކާ ރޫޓު އިނިޝިއޭޓިވްއަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ފެށްޓެވި މަސައްކަތްޕުޅެކެވެ. މި ޚިދުމަތް ދެނީ ވަކި ވަރަކަށްވުރެ ގިނައިން ސަޢުދީން ކޯޓާ ދޫކުރާ ޤައުމުތަކަށެވެ. ނަމަވެސް މި ޝަރުތުތަކުގެ ތެރެއިން ރާއްޖެ އިސްތިސްނާކުރައްވައި، މި ޚިދުމަތް ދިވެހި ޙައްޖުވެރިންނަށްވެސް ފަހިކޮށްދެއްވިއެވެ. މިއީ އަދުގެ ސަރުކާރުން ސަޢުދީ ސަރުކާރާއެކު ބާއްވަމުން ގެންދަވާ ހަރުދަނާ ގުޅުމުގެ ހެއްކެކެވެ.

މައްކާ ރޫޓު އިނިޝިއޭޓިވް ޚިދުމަތާއެކު ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެ މަގުފަހިވިއެވެ. ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާއްޖޭގައި ތިބެގެން ކުރެވޭނެ މަގު ފަހިވިއެވެ. ސަޢުދީއަށް ދިއުމުން އެއަރޕޯޓުގައި މަޑުކުރަން ނުޖެހި ވަގުތުން ހޮޓަލަށް ދެވި، ލަގެޖު ހޮޓަލަށް ފޯރުކޮށްދެވެއެވެ.

މީގެ އިތުރުންވެސް ދިވެހި ޙައްޖުވެރިންނަށް ފަހި އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވެއެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެކު މިއަހަރު ޙައްޖަށް ދިޔަ ކޮންމެ މީހެއްގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓެއް ބޭންކު އޮފް މޯލްޑިވްސްއިން ހަމަޖައްސައިދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަގުތަކުގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަނީ

masverin

މަސްވެރިންގެ ދަފްތަރުގައި ތިބި، ޝަރުތު ހަމަވާ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި

Dsc 6702 1 1068x712

ގެދޮރުވެރިޔާ 1000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފި

B ld5np0vyfiam9oknm0avej5s9

ޖޭޕީންވެސް ޔާމީނަށް ގާނޫނީ ފިޔަވަޅު އަޅަނީ

TTH_advertisement ELL Mobile Advertisement