ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްވެރިންގެ ދަފްތަރުގައި ތިބި، ޝަރުތު ހަމަވާ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި

masverin

މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން، މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބީއެމްއެލްއާ ގުޅިގެން މާލީ އެހީތެރިކަމުގެ ފުރުސަތު ހުޅުވާލީ މެއި 1 ވަނަ ދުވަހެވެ. ލޯނު ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އޭޕްރީލް 28 ވަނަ ދުވަހެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން އިއްޔެ އާއްމުކުރި މައުލޫމާތުގައި ބުނީ، މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުޅުވާލި ފުރުސަތުގައި، ޖުލައި މަހުގެ ނިޔަލަށް 25 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ.

މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި ޕާސަނަލް ފައިނޭންސިން، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމަށާއި، މަރާމާތު ކުރުމަށާއި، އިމާރާތްކުރުމަށް ބޭނުންވާ ލޯނު ދޫކުރުމަށް ނިންމާފައިވެއެވެ.

ލޯނަަށް ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 (ތިން ލައްކަ) ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިން ނެގޭނެއެވެ. ބީއެމްއެލް އިންޓަރނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް، ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިން އަދި ލުއި ލޯނަށް އެދި ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ލޯން ސްކީމްގެ ދަށުން ބީއެމްއެލްއިން މަސްވެރިންނަށް ހަމަޖައްސަދީފައިވެއެވެ.

މަސްވެރިކަމަކީ ވަޒީފާއެއްކަމުގައި އެކަށައަޅާ، ބޭންކިންގެ ކްރެޑިޓް ރޭޓިންގްގެ ތެރެއަށް ފެތި މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ލިބޭނެގޮތް ހަދައިދިނުމަކީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވަޢުދުވެވަޑައިގެންފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

masverin

ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 89 މަސްވެރިއަކަށް ބީއެމްއެލްއިން ލޯނު ދޫކޮށްފި

masverin

މި މަހު މަސްވެރިންނަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

masverin

މަސްވެރިންނަށް އިއްޔެ އެކަނިވެސް 1.2 މިލިއަން ރުފިޔާ ދޫކުރި

masverin

މަސްވެރިންނަށް 13.8 މިލިޔަން ރުފިޔާ ދޫކޮށްފި