ކުއްލި ޚަބަރު

އެމްއެމްއޭގެ ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް: 100،000 ރުފިޔާއާ ހަމައަށް އިސްލާމިކް ފައިނޭންސް ފަންޑިންގ

މަގުތަކުގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަނީ

ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ޣައްޒާގެ ޙިސާރުތައް އަވަސް ނިމުމަކަށް ގެންނަންޖެހޭ: ޑރ. ޝަހީމް

ޣައްޒާގެ ހުރިހާ ޙިސާރުތަކެއް މިހާރުން މިހާރަށް ނައްތާލުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ގޮވާލައްވައިފިއެވެ.

ޝަހީމް މިކަމަށް ގޮވާލެއްވީ ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި މިއަދު ހަވީރު މާލޭގައި ބޭއްވި “ގައުމީ ބޮޑު އެއްވުން” ގައި ވާހަކަ ދައްކަވަމުންނެވެެ.

މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ޑރ. ޝަޙީމް ވަނީ ދިވެހި ރައްޔިތުން ޣައްޒާއާ އެކުގައި ސާބިތުކަމާއެކު ތިބިކަން ކަށަވަރުކުރުމަށްޓަކައި އެއްބައިވަންތަކަން ދެއްކުމަށް ގޮވާލައްވައި، ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް މިހާރުން މިހާރަށް ނައްތާލުމަށް ގޮވާލައްވާފައެވެ. މިނިސްޓަރު ޑރ. ޝަހީމް ވަނީ، ޣައްޒާގެ ބޯޑަރުތައް ހުޅުވާލުމަށް ގޮވާލައްވައި، އިޒްރޭލުން ޣައްޒާގެ އަހުލުވެރިންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޢުދުވާން އެންމެ ހަރުކަށި ބަހުން ކުށްވެރިކުރައްވާފައެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ބޮޑެތި ބާރުތަކުން އިޒްރޭލަށް ދެމުންގެންދާ އެހީތެރިކަން ވެސް އެމަނިކުފާނު ކުށްވެރިކުރެއްވިއެވެ. އަދި އިންސާނީ އެހީތެރިކަމުގެ ބޭނުންވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި މި ޙިސާރު ނައްތާލައި، ބޯޑަރުތައް ހުޅުވާލަން ޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ޚާއްސަކޮށް، ކުޑަކުދިންނަށް އެހީތެރިވުމަށްޓަކައި ގާފިލާތައް ވެއްދުމަށް އަދި ބޭސްފަރުވާ ވެއްދުމަށް ޑރ. ޝަހީމް ވަނީ ގޮވާލައްވާފައެވެ.

ޑރ. ޝަހީމްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، ދިވެހި ހުރިހާ ރައްޔިތުން މިކަމުގެ މަތީގައި ސާބިތުވެ ތިބެންޖެހޭނެ ކަމަށެވެ. ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތް ޤާއިމުވެއްޖެއުމަށް ދާންދެން އަޅުގަނޑުމެން މި ޙައްޤުގެ މަތީގައި ސާބިތުވެ ތިބެންޖެހޭނެ ކަމަށް ޑރ. ޝަޙީމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ﷲ އިރާދަފުޅާ އެކު ފަލަސްޠީނުގެ ދައުލަތް ޢަރަބި ފަލަސްތީނުގެ ބިމުގައި ޤާއިމުވެގެންދާނެ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މި އުއްމަތުގެ މަތިން، ޞަހްޔޫނީ ބާރުތަކާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ ޖިހާދުގައި، ދިވެހި ރައްޔިތުންނަށް ދުލުންނާއި މުދަލުން، ކުޅަދާނަކަން ލިބިގެންވީ އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވެ ތިބުން މުހިންމު ކަމަށް ވެސް ޑރ. ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މިއަދު މާލޭގައި ބޭއްވި ގައުމީ ބޮޑު އެއްވުމުގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި ސަރުކާރުގެ ގިނަ ވަޒީރުންގެ އިތުރުން ފަލަސްތީނަށް ނިސްބަތްވާ ރައްޔިތުންނާއި އެކި އުމުރުފުރައިގެ ދިވެހިން ބައިވެރިވެ ޣައްޒާ ޙިސާރު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ އަޑު އުފުލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަގުތަކުގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަނީ

ޙައްޖު ކޯޓާގެ ވަކި އިންސަތައެއް 65 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ކުރަނީ

masverin

މަސްވެރިންގެ ދަފްތަރުގައި ތިބި، ޝަރުތު ހަމަވާ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި

Dsc 6702 1 1068x712

ގެދޮރުވެރިޔާ 1000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފި

ELL Mobile Advertisement TTH_advertisement