ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި “ގައުމީ ބޮޑު އެއްވުން” ބާއްވައި، އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައިފި

532180765 1075203124786680 1215011542135560333 n (2)

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ކުށްވެރިކޮށް، ދިވެހި އެތައް ބައެއްގެ ބައިވެރިވުމާއެކު އެކަމާ ދެކޮޅަށް “ގައުމީ ބޮޑު ހަރަކާތް” އެއްވުން ކުރިއަށްގެންގޮސްފިއެވެ.

މާލޭގައި މިއަދު ހަވީރު “ގައުމީ ބޮޑު ހަރަކާތް” އެއްވުން ބާއްވީ މާފަންނު ސްޓޭޑިއަމްގައެވެ. އެ އެއްވުމުގައި ގިނަ ދިވެހި ރައްޔިތުންތަކެއް ބައިވެރިވެ، ފަލަސްތީނާއެކު ދިވެހީން ތިބިކަން ވަނީ ފާޅުކޮށްފައެވެ.

އެ އެއްވުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް މިއަދު ހަވީރު ކުރިއަށްގެންދިޔައެވެ. އެ ރަށްރަށުގައި ބޭއްވި އެއްވުންތަކުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އިސްނަގައިގެން ބޭއްވި އެ އެއްވުންތަކުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުޑަކުދިން ހިމެނޭހެން އެކި އުމުރުތަކުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ އެ ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ އިޒްރޭލުން ފަލަސްތީނު ހިސޯރު ކުރުން ނައްތާލުމަށް އަޑުއުފުލައި، ދުނިޔޭގެ ސަރުކާރުތަކަށް އެކަމުގައި ބާރު އެޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ރާއްޖެއަށް ޖެއްސީ ހަނގުރާމަޔާ ގުޅޭ ބޯޓެއް ނޫން: ރައީސް

kulli khabaru

އިޒްރޭލުން އީރާނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފި

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ “ސްޕީކާ އޮފް ދަ ކްނެސެޓް މެޑަލް” މޯދީއަށް

“ބޯޑް އޮފް ޕީސް” އަށް ޔޫއޭއީ އިން އެއް ބިލިއަން ޑޮލަރު ދެނީ