ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި “ގައުމީ ބޮޑު އެއްވުން” މާދަމާ ބާއްވަނީ

112

އިސްރާއީލްގެ އިސްތިޢުމާރީ ސިފައިން ޢައްޒާ ހިސޯރުކޮށް އިންސާނިއްޔަތާ ހިލާފަށް ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ 44 ޤައުމެއް ގުޅިގެން ފަށާފައިވާ “ގްލޯބަލް ސުމޫދް ފްލޮޓިއްލާ” ހަރަކާތުގެ ދަށުން ދިވެހިރާއްޖޭގައި މިވަނީ ޤައުމީ ފެންވަރުގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމާފައެވެ.

ބޮޑު އެއްވުން މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި އެއް ވަގުތެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތް މާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގައި ހަވީރު 16:00 ގައެވެ.

ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ މި ބޮޑު އެއްވުން ތިންތިޒާމްކުރަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިސްވެއޮވެ ހަދާފައިވާ، ރާއްޖޭގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި، އެކިއެކި ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން އާއްމުން ހިމެނޭ ސްޓިއަރިން ކޮމިޓީ އަކުންނެވެ. މި ހަރަކާތް އިންތިޒާމްކޮށްފައިވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށެވެ.

މި ބޮޑު އެއްވުން އިންތިޒާމްކުރާ ކޮމިޓީން ބުނެފައިވަނީ، މި އެއްވުން ރާއްޖޭގައި ކުރިއަށްދާއިރު ހަމަ އެދުވަހު އިތުރު 5 ގައުމެއްގައިވެސް ކުރިއަށްގެންދާނޭކަމަށެވެ. މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޢައްޒާގެ މުސްލިމުންނަށް ޔަހޫދީންގެ އިސްތިއުމާރީ ސިފައިންގެ ފަރާތުން ކުރިމަތިވަމުންދާ އިންސާނިއްޔަތާ ހިލާފް ކަންތައްތައް ކުށްވެރިކޮށް އަދި ޣައްޒާގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލަތު އަންގައިދިނުމަށް ކުރިއަށްދާ ސުލްހަވެރި ހަރަކާތެއްގެ ގޮތުގައެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ބޮޑު އެއްވުން އެއްވަގުތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ 50 ހަށްވުރެ ގިނަ ރަށުގައި ކުރިއަށްދާނޭކަމަށް އެއްވުން އިންތިޒާމްކުރާ ސްޓިއަރިން ކޮމިޓީން ބުނެއެވެ.

“ގްލޯބަލް ސުމޫދް ފްލޮޓިއްލާ” މޫވްމަންޓުން ވަނީ ޣައްޒާ އަޅުވެތިކުރުމާ ދެކޮޅަށް މިހާތަނަށް ގިނަ ހަރަކާތްތަކެއް އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައެވެ. އެގޮތުން އެ މޫވްމަންޓުން ވަނީ މިހިނގާ އޮގަސްޓް އަދި ސެޕްޓެމްބަރުމަހުވެސް ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ. މިހަރަކާތްތައް ރާއްޖޭގައިވެސް ކުރިއަށްދާނޭކަމަށް ރާއްޖޭގެ ފަރާތުން އެ މޫވްމަންޓް ތަމްސީލްކުރާ އައިއޭސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރަމަޟާން މަހަށް ގުދުސްއާއި، އަގްސާ މިސްކިތް ޒީނަތްތެރިކުރުން މަނާކޮށް، އެތައް ބަޔަކު މިސްކިތަށް ނުވަންނަން އަންގައިފި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ސްޕެއިންގެ ބޮޑުވަޒީރު ޕޯސްޓްކުރެއްވި މި ފޮޓޯއިން އިސްރާއީލުގެ ހިތަށް ވަރަށް ތަދުވެއްޖެ