ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫސިޓީގައި ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވާން އެދެފި

112

އައްޑޫ ސިޓީގައި ބޭރަށް ހިންގުން އިތުރުވާތީ ސަމާލުވާން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެދެފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށެވެ.

މި ބަލިން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގޭގައި އަމަލުކުރާނެ ގޮތުގެ ތަފްސީލް ވަނީ އާއްމުކޮށްފައެވެ.

ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ބޭރަށް ހިންގުމުގެ އިތުރުން ގިނައިން ހޮޑުލެވުން، މާބޮޑަ ވަރުދެރަވުން، ދިޔާ ތަކެތި ބޭނުންކުރެވޭ ވަރު މަދުވުން، ބޮލަށް އެނބުރުން އެރުން އަދި އާދަޔާ ހިލާފަށް ކަރު ހިއްކުން، ކުޑަކަމުދެވޭ ވަރު މަދުވުން، ލެވޭ ހޮޑޫގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން ނުވަތަ އާދަޔާ ހިލާފަ ބަނޑުގައި ރިއްސުންފަދަ އަލާމާތްތައް ހުންނަ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.

ބޭރަށް ހިންގުމުގެ އަލާމާތެއް ފެންނަނަމަ، ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރަންވާނެއެވެ. އަދި ފާހާނަ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަގަޅަށް އަތް ދޮންނަންވާނެއެވެ. އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ގޭގައި މަޑުކޮށް އާރާމުކުރުން މުހިންމެވެ.

ތިން ދުވަސްވަންދެން  24 ގަޑިއިރުތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ބޮޑުކަމުދެވުން ނުވަތަ ބޭރަށް ހިންގުމުގެ އަލާމާތައް އިތިރަށް ގޯސްވާނަމަ ޑޮކްޓަރަށް އަވަހަށް ދެއްކުމަށް ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް