ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ގަސްތައް މާލޭގައި އިންދަނީ

112

ދިވެހި ބޭސްވެރިކަމުގެ ފަންނު ދިރުވައި އާލާކޮށް ހިމާޔަތް ކުރަން ޖެހިފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، މޭޔަރ ޢާޒިމް ވިދާޅުވީ، ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން ޞިއްޙީ ދުޅަހެޔޮކަމަށް ބޭނުންކުރަމުން އައިސްފައިވާ، އަދި ދިވެހިންނަށް ވަރަށް މުހިންމު ތަރިކައެއް ކަމަށެވެ. ނަމަވެސް، މިހާރު މި ތަރިކަ އުވިގެން ނެތިގެންދާކަމުގެ އިހުސާސް ކުރެވޭ ކަމަށާއި، އެހެންކަމުން މި ދާއިރާ ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި، އެ ކަންކަމަށް ކައުންސިލުން މަގުފަހިކޮށްދެއްވާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމްވަނީ، ދިވެހި ބޭސްވެރިންގެ ޖަމިއްޔާއަށް މި ކަމުގެ ޔަގީންކަމެއް ދެއްވާފައެވެ. އެ ގޮތުން ދިވެހި ބޭސްވެރިކަމަށް ބޭނުންވާ މުހިންމު ފަތްޕިލާވެލި ލިބިދިނުމަށް ފަސޭހަކުރުމަށް، އެ ފަދަ ގަސްތައް މާލެ ސިޓީގެ ޕާކުތަކާއި، ސަހަރާތަކާއި، މިސްކިތްތަކުގައި އިންދައި، އާލާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުއެވެ. މީގެ އިތުރުން، ޒީނަތްތެރިކުރުމަށް އިންދާ ގަސްތަކުގެތެރޭގައި ވެސް، ބޭސްވެރިކަމަށް ބޭނުންވާ ގިނަ ގަސްތައް އިތުރުކުރުމަށް ކައުންސިލަށް ހުށަހަޅައިގެން މަސައްކަތް ކުރައްވާނެ ކަމަށް، މޭޔަރ ޢާޒިމްގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގެ ބޭނުމަކީ، ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިން ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، ދިވެހި ބޭހަށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ ފަތްޕިލާވެލި، ފަސޭހައިން މާލެ ސަރަހައްދުން ތާޒާކަމާއެކު ނުލިބޭކަމަށެވެ. މިއީ ދިވެހި ބޭސްވެރިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އަހުމަދު ފާހަގަކުރެއްވިއެވެ.

މާލެ ސިޓީ ކައުންސިލުގެ މި ފަދަ އެހީތެރިކަމާއެކު، ދިވެހި ބޭސްވެރިކަމުގެ ފަންނު އާލާވެ، އެ ކަމުގެ ސަބަބުން ދިވެހިންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރުވެގެން ދާނެ ކަމަށް އަހުމަދު ވިދާޅުވެއެވެ.

ދިވެހި ބޭސްވެރިންގެ ޖަމިއްޔާ އުފެދިފައި ވަނީ 1980 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

i ibbe
Milan haasilukureveynee dhivehibeysverikankuraararrashugawimikankodheegen addoomeedhoo b.kendhoo aa.mathiveri r.meedhoof.niladhoo adhives mifadhararrah faahagakoleve eve

ގުޅުންހުރި

Male city council

ނައްތާލަން ބޭނުންވާ ބައު މުސްހަފުތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

Mm

މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކުރައްވައިފި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

TTH_advertisement