ކުއްލި ޚަބަރު

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

ވީއައިއޭގެ އާ ޓާމިނަލުން ފުރަތަމަ ޚިދުމަތް ދިން ބައިނަލްއަގުވާމީ އެއާލައިންގެ ޝަރަފު އެއާ އަރަބިޔާއަށް

Whatsapp image 2025 08 13 at 04.38.59

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އެއާ އަރަބިއާ އެއާލައިންސްއަށް ހިދުމަތް ދޭން ފަށައިފިއެވެ. މިއީ ޓާމިނަލް 1 އިން ބައިނަލްއަގުވާމީ އެއާލައިނަކަށް ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.

އެކަމަށްޓަކައި ޓާމިނަލް 1 ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހުއެވެ.

ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން އަދި އެއާ އަރަބިއާގެ މެނޭޖަރު އެއާޕޯޓްސް – ސައުތް އިންޑިއާ، ބެންފަސް ވެލިޔަތް ޝަމްސުއްދީންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި އެއާ އަރަބިއާގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެއާ އަރަބިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާ އަރަބިއާ އިން ފުރި 171 ފަސިންޖަރުންނަށް ވަނީ ހަދިޔާ ބަހައިފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެއާ އަރަބިއާގެ ފުރަތަމަ ފްލައިޓަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 165 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

Whatsapp image 2025 08 13 at 04.39.03

އެއާ އަރަބިއާއަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިނެކެވެ. އެ އެއާލައިނުން ޔޫއޭއީގެ ޝާރްޖާ އާއި މާލެއާ ދެމެދު ކޮންމެ ދުވަހަކުވެސް އެއް ފްލައިޓް ބާއްވައެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން އެ އެއާލައިނުން ދުވާލަކު ދެ ދަތުރު ކުރުމަށް ވަނީ ނިންމައިފައެވެ.

ޓާމިނަލް 1 އަށް އެންމެ ފުރަތަމަ އޮޕަރޭޝަންތައް ބަދަލުކުރީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއެވެ. އަދި ޓާމިނަލް 1 އަށް މި މަހުގެ ތެރޭގައި އިތުރު ހަތް އެއާލައިނެއް ބަދަލުކުރަން ވަނީ ނިންމައިފައެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1234

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

Mal

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

1234

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

Mal

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

TTH_advertisement