ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަޑުގަދަ ކުރެއްވުމުން މީކާއިލް ތަޅުމުން ބޭރުކޮށްފި

TTH_Ads
STO_Ads
Advertisement

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމްގެ ނަން އިއްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމުން ބޭރުކޮށްފިއެވެ.

މީކާއިލް ތަޅުމުން ބޭރުކުރެއްވީ ސައުދީގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ބުނެ ދާދި ފަހުން ރާއްޖޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރި ޕްރިންސް ފަހަދް ސައުދު އަލްޝަލަންގެ މައްސަލައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލާ ސުވާލު ކުރެެއްވުމަށްފަހު މިނިސްޓަރު ސުވާލަށް ޖަވާބު ނުދެއްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ.

އެ މައްސަލައިގައި ހަލީލާ ސުވާލު ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މީކާއިލްއެވެ. މީކާއިލް ވަނީ ތިން ސުވާލެއް މިނިސްޓަރާ ކުރެއްވުމަށް ހުށަހަޅުއްވައިފައެވެ. އެއީ:

HajjCop_ads
Advertisement

ފަހުދަކީ ޝާހީ އާއިލާގެ ބޭފުޅެއްތޯ؟
އެ ބައްދަލުވުމުގައި ސައުދީ އެމްބަސީން ބައިވެރިވެފައި ނުވަނީ ކީއްވެތޯ؟
ފަހުދަކީ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ހިލާފަށްނަމަ ސައުދީ އާއި ރާއްޖެއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟
މީކާއިލްގެ ސުވާލަށް ހަލީލު ޖަވާބުދެއްވުމަށްފަހު އެ ޖަވާބާ ގުޅިގެން އިތުރު ސުވާލެއް ކުރަން ދިން ފުރުސަތުގައި މީކާއިލް ވަނީ ތަކުރާރުކޮށް ފަހުދަކީ ސައުދީގެ “ހިޒް ރޯޔަލް ހައިނެސް”ގެ ޓައިޓަލް ނުލިބޭ ބޭފުޅެއް ކަމަށްވާ އިރު، ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި ފަހުދަށް އެ ޓައިޓަލް އަރުވައި، އެ ދެ ވެބްސައިޓުން އެ ހަބަރު މިހާރު ޑިލިޓްކޮށްފައިވާ ކަމަކީ ސަރުކާރުން ގޯސްކޮށް ކުރައްވާފައިވާ ކަމަށް ގަބޫލުކުރައްވަންތޯ އައްސަވައިފައެވެ.

އޭގެ ޖަވާބެއް ގޮތުން ހަލީލު ވަނީ ފަހުދަކީ ސައުދީ ޝާހީ އާއިލާގެ އަމީރާއެއްގެ ދަރިކަލުން ކަމަށް ކުރިން ވެސް ވިދާޅުވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައި ހަލީލް ވަނީ އިިދިކޮޅު ފަރާތްތަކުން ރާއްޖެ އަންނަ އެފަދަ އިންވެސްޓަރުންގެ އަގުވައްޓާލުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައި ވާހަކަ ދައްކަވައިފައެވެ.

“އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިކަހަލަ ޒާތުގެ މަޝްވަރާތަކަކީ ނުވަތަ މި ޒާތަށް ބޭރުން އަންނަ އިންވެސްޓަރުންނާ ދިމާކުރުމުގެ ވާހަކަތަކަކީ އެއްގޮަތަކަށް ވެސް ހާއްސަކޮށް މަސްއޫލު އެކިއެކި މަގާމުތަކުގައި ތިއްބަވައިގެން ކުރަންވާނެ ކަމެއް ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،” ހަލީލް

ހަލީލްގެ އެ ޖަވާބާ ގުޅިގެން މީކާއިލް ވަނީ ސުވާލަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވަން ފައްޓަވައިފައެވެ. އަދި ނިޒާމީ ނުކުތާއެއް ނަންގަވައި ސުވާލަށް ޖަވާބު ނުދޭ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިނިސްޓަރު އެ ސުވާލަށް ޖަވާބުދެއްވި ކަމަށް ވިދާޅުވެ އެ ނިޒާމީ ނުކުތާ ބަލައިނުގަންނަން ނިންމަވައިފައެވެ

ނަމަވެސް އެކަން ގަބޫލު ނުކުރައްވައި މީކާއިލް އަޑުގަދަކުރައްވަން ފެއްޓެވުމުން ތަކުރާރުކޮށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މީކާއިލަށް ނަސޭހަތްތެރިވެވަޑައިގަތުމަށްފަހު އަބްދުއްރަހީމް ވަނީ މީކާއިލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައެވެ.

މީކާއިލް ތަޅުމުން ބޭރަށް ނުކުމެ ވަޑައިގަތީ ނުކުތުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް ނުނިކުންނެވުމުން ސެކިއުރިޓީގެ އެހީތެރިކަމާއެކުއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤާނޫނާ ޚިލާފު ސިޔާސީ ޙަރަކާތްތައް ހުއްޓުވަން މެންބަރުން ގޮވާލައްވައިފި

43

އޭޑީއެޗްޑީ އަށް ބޭނުންކުރާ ބޭސް ‘މެތައިލްފެނިޑޭޓް’ މަނާ ތަކެތީގެ ލިސްޓުން އުނިކުރަން ސަރުކާރުން ހުށަހަޅައިފި

Akram kamaaluddhin

އަކްރަމް އެމްޑީޕީއަށް: ވޯޓު ދިނީ މިނިސްޓަރު ރަނގަޅުވީމަ، ދެން މުޒާހަރާކުރުމުގެ ބޭނުމަކީ ކޮބާ؟

supreme court

ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ޞައްޙަ: ސުޕްރީމް ކޯޓު