ކުއްލި ޚަބަރު

އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކުރަނީ 

ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ވިސާ ނެގުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިފި

ސަރުކާރުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފި

އީޕީއޭގެ ނަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އަށް ބަދަލުކުރައްވައިފި

raees muiz

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ “އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ” ގެ ނަން، “އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ” އަށް މިއަދު ބަދަލުކުރައްވައިފި އެވެ.

އެ ބަދަލު ގެންނަވާފައި ވަނީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

މި ބަދަލާއެކު، މިހާތަނަށް ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެ، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.

މި ބަދަލު ގެންނަވާފައި ވަނީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުންފުޅުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ދެންނެވުމުގައި ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gykqnz9xmaak9ky

އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކުރަނީ 

112

ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ވިސާ ނެގުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިފި

B 202508120539271755002367.1003

ފެހެންދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅައިފި 

Dsc 5522

ފެހެންދުއަށް ޓީޗަރުން ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި 

TTH_advertisement ELL Mobile Advertisement