ކުއްލި ޚަބަރު

ޒުވާނުން ބިނާކުރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް ގޮވާލައްވައިފި

ރަށްރަށުގެ ހިއްކި ބިންތަކުގައި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށް އަންނަ އަހަރު ބޮޑު ޕްރޮގްރާމެއް 

ވެރިކަމާ ހަވާލުވުން ލަސްވި ނަމަ، ގައުމު ހަލާކުވީސް: ސަލީމް 

ތުޅާދޫ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

ބ.ތުޅާދޫގައި ގާއިމުކުރުމަށް ނިންމާފައިވާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަަތް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ފައްޓަވައިދެއްވަައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުޅާދޫއަށް ވަޑައިގަތުމުން އެ ރަށުގެ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވާައިރު، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމަނިކުފާނެވެ.

މި ރަސްމިއްޔާތުގައި ތުޅާދޫ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވައި އަމަލީ މަސައްކަަތް ފައްޓަވައިދެއްވުމުގައި މިނިސްޓަރު އިހުސާނުގެ އިތުރަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިކަމުގައިވާ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ އަދި ތުޅާދޫ ކައުންސިލުގެ ރައީސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒު ހާސިލުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ސަރުކާރު އެކި ކުންފުނިތަކާ ހަވާލުކޮށްގެން ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އެގޮތުން ސަރުކާރުންވަނީ 75 ރަށެއްގަައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން އެމްޓީސީސީއާ 15 ރަށެއްގައި ސްޓޭޝަންތައް އެޅުމަށް ވަނީ ހަވާލުކޮށްފައެވެ. އަދި އާރްޑީސީއާއި 20 ރަށެއްގެ ސްޓޭޝަން އެޅުމަށް ހަވާލުކޮށްފައިވާއިރު ފެނަކައާއި 40 ރަށެއްގެ ސްޓޭޝަން އެޅުމަށް ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއު ނިމިގެންދާއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތުގެ އަމިއްލަ މަރުކަޒުތައް ހުންނާަނެއެވެ. އަދި އެއާއެކު ފުލުހުންގެ ހިދުމަތް ހުރިހާ ރަށަކުން ލިބޭނެއެވެ. އެއީ ރަށްރަށުގެ އަމާންކަަން ކަށަވަރުކޮށް ކުށްކުރުން މަދުކުރުމަށް އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅަކަށްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

މަޖިލީހުގެ މި ދައުރު އިތުރު ހަފުތާއަކަށް ދަންމާލަން ފާސްކޮށްފި

raees muiz

ޒުވާނުން ބިނާކުރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް ގޮވާލައްވައިފި

ޙައްޖު ކޯޓާގައި ވަކި މީހަކަށް އިސްކަންނުދެން: ޑރ. ޝަހީމް

ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ޚިދުމަތް ފަށައިފި

ELL Mobile Advertisement TTH_advertisement