ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

އާރްޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، މާޅޮސްމަޑުލުގެ ދެކުނުބުރީގެ ރަށްތަކުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ އެ އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ބ.އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވީ އޭދަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. މި ރަސްމިއްުޔާތުގައި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން، އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

އޭދަފުށީގައި އާރްޓީއެލް ޚިދުމަތް ފެށިގެންދިޔައިރު، އެއޮތޮޅުގައި މި އަހަރު މި ޚިދުމަތް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައެވެ. މި ދަތުރުތައް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވި ނަމަވެސް، މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ނުރަސްމީކޮށް ދަތުރުތައް ވަނީ ފަށާފައެެވެ.

އާރްޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ފަށާފައިވާއިރު މި ޚިދުމަތް ފެށުމުގެ ކުރިން މުވައްޒަފުން ނަގައި ތަމްރީން ދިނުމުގެ މަސައްކަތްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. ބ. އަތޮޅުގައި ޚިދުމަތް ފަށާފައިވާއިރު، މި ދަތުރުތައް ބާއްވާނީ 2 ރޫޓަކަށެވެ. މި ޚިދުމަތުގައި ބޭނުންކުރާނީ ހައި ސްޕީޑް 2 ފެރީއެވެ. މި ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއަރޕޯޓް ޚިދުމަތާއި އާންމު އެހެނިހެން ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާގޮތަށެވެ.

އެހެން އަތޮޅުތަކެކޭވެސް އެއްގޮތަށް ބ. އަތޮޅުގައިވެސް މި ޚިދުމަތް ފުރަތަމަ ހަފްތާގައި ކުރިއަށް ގެންދިޔައީ އަހުލުވެރިކުރުމުގެ ދަތުރުތަކެއްގެ ގޮތުގައެވެ. އެ ދަތުރުތަކަށް އެއްވެސް ފީއެއް ނުނަގައެވެ. ރޫޓުތަކާއި، ދަތުރުތަކަށް ނަގާ އަގުތައް އާރްޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑުތަކުރުފާނު މަގު: ޝީޓްޕައިލް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

990

ބޮޑުތަކުރުފާނުމަގުގެ މަސައްކަތް ކުރިއަށްދާގޮތް ސައުދީ ބައްލަވާލައްވައިފި

taxi

އެމްޓީސީސީއިން ޑްރައިވަރުން ހޯދަން ވޯކިން އިންޓަވިއުއެއް ބާވަނީ

Izaam

ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 48 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށްފި

TTH_advertisement