ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަށްރަށުގެ ހިއްކި ބިންތަކުގައި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށް އަންނަ އަހަރު ބޮޑު ޕްރޮގްރާމެއް 

Dsc 3100

ރަށްރަށުގެ ހިއްކި ބިންތަކުގައި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބޮޑު ޕްރޮގްރާމެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުށީގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގިނަ ރަށްތަކުގައި ހުރީ ހިއްކި ބިންތަކުގައި އެއްވެސް ކަމެއް ނުކުރެވި ކަމަށެވެ.

ގޯއްޗެއް ދިނަސް، ވިޔަފާރިއެއް ފަށަން އުޅުނަސް، ކަރަންޓާއި ފެނާއި ނަރުދަމާ އަދި އެހެންވެސް ހިދުމަތެއް ގާއިމުކުރެވިފައި ނުވާ ކަމަށާއި އެއީ އެތައް އަހަރެއް ވެފައި އޮތް މައްސަލައެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރަށް ބަޖެޓު ހަދާނީ އެކަމަށް ހާއްސަ ޕްރޮގްރާމެއް ހިމަނައިގެން ކަމަށާއި އަންނަ އަހަރުގެ ބަޖެޓު ހަދާ އިރުގައި، ހާއްސަ ނިއު އިނީޝިއޭޓިވް ޕްރޮގްރާމެއް ހިމަނުއްވާނެ ކަމަށެވެ.

“ހިއްކާފައި ހުރި ބިންތަކަށް ބޭނުންވާ ޔުޓިލިޓީސް ގާއިމުކޮށްދިނުމާއި، އިންފްރާސްޓްރަކްޗާ ގާއިމުކޮށްދިނުމުގެ މަޝްރޫއެއް ހިމަނާފައި،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ޕްރޮގްރާމުގެ ތެރެއިން އެންމެ އިސްކަންދޭނީ އާބާދީ އާއި ތަރައްގީ އެއްފަސްކުރެވޭނެ ރަށްތަކާއި އާބާދީ ބޮޑެތި ރަށްތަކަށް ކަމަށާއި މިއަހަރު ވެސް އޭގެ ތެރެއިން ފޭސްއެއް ފެށެން އޮތްތޯ ބަލައި ފަށަން މަސައްކަތްކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް