ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެރިކަމާ ހަވާލުވުން ލަސްވި ނަމަ، ގައުމު ހަލާކުވީސް: ސަލީމް 

Dsc 2626

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުން ލަސްވި ނަމަ، މި ގައުމު ހަލާކުވެގެން ދިޔައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުށީގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް ހަވާލުވެވަޑައިގެންނެވި އިރު، ހުރި ކުންފުނިތައް އަދި ދިވެހި ދައުލަތް ވެސް އޮތީ އެތައް ބިލިއަނަކުން ދަރާފައި ކަމަށެވެ.

މި ސަރުކާރުގެ އެންމެ މާތް މަގުސަދަކަށް ވަނީ އެންމެ ފުރަތަމަ މި ގައުމު ސަލާމަތްކުރުން ކަމަށާއި މިއަށްވުރެ ލަސްވި ނަމަ، މި ގައުމު ހަލާކުވެގެން ދިޔައީސް ކަމަށް ސަލީމް ވިދާޅުވިއެވެ.

“ގައުމުގެ ހަމައެކަނި އިގުތިސާދީ ހާލަތެއް ނޫން، އިޖުތިމާއީ ހާލަތެއް ނޫން، ހުރިހާ ހާލަތެއް ވެސް އޮތީ ގޯސްވެފައި. މިއަށްވުރެ ލަސްވި ނަމަ، އަޅުގަނޑުމެންނަށް ގައުމު އަތުނުވާ ހިސާބަށް ދިޔައީސް،” އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސަރުކާރާ ހަވާލުވި އިރުގައި، ރާއްޖޭގެ ދަރަނި އޮތީ ނުބައްދަލު ހިސާބަށް މައްޗަށް ގޮސްފައި ކަމަށާއި ލޯނާއި މުސާރަތަކަށް ހަރަދުކުރީމާ ދައުލަތުގެ އާމްދަނީ އެއްކޮށް ހުސްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށީ ކައުންސިލުގެ އަންހެން ދެގޮނޑިވެސް އިންތިހާބަކާ ނުލައި ޕީއެންސީއަށް

ތަނަވަސްކަން ލިބިފައިވާ މީހުންނަށް ދައުލަތުގެ އިނާޔަތްތައް ދޭން ނުޖެހޭ: ސަލީމް