ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

112

ބ. ތުޅާދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިންހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އިންފްރާސްޓްޗަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މި މަސައްކަތް މިދިޔަ ސަރުކާރުން ވަނީ 2023 ޖުލައި މަހުގެ ތެރޭގައި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ)އާ ހަވާލުކޮށްފައެވެ. ނަމަވެސް އެކަށީގެންވާ ވަރަށް މަސައްކަތް ކުރިއަށްނުދާތީ ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފައެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމަށާއި އެއާޕޯޓަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށެވެ.

ތުޅާދޫގައި ގާއިމުކުރާ އެއާޕޯޓުގައި 1،800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމް ކުރާނެއެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއާޕޯޓު އެޅުމަށްޓަކައި 55.4 ހެކްޓަރުގެ ބިން ހިއްކައި، 2،804 މީޓަރުގެ ރޮކް ރިވެޓްމެންޓާއި 1،677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖަހާނެއެވެ.

ތުޅާދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް އަވަހަށް ފަށައި އަވަހަށް ނިންމެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ތުޅާދޫ އާއި ވިލުފުށީގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Image 20

މުހިންމު އިސްލާހުތަކާއެކު ތުޅާދޫ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން 11 ޖެނުއަރީގައި ހުޅުވާލަނީ

ތަރިކައިގެ ވަޒީރު ބ. ތުޅާދުއަށް

212

ޖަރުމަނުގައި ހިތާމަވެރި ހާދިސާއެއް ހިނގައި ދިވެއްސަކު ނިޔާވެއްޖެ

TTH_advertisement