ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިޔާސީ އިންތިޚާބުގައި ކުޑަރިކިލު ރައްޔިތުން ކުރި އިތުބާރުގެ ނަތީޖާ ދައްކުވައިދޭނަން: ރައީސް

411828 d2a82d18 2

ރިޔާސީ އިންތިޚާބުގައި ކުޑަރިކިލު ރައްޔިތުން އެ މަނިކުފާނަށް ކުރެއްވި އިތުބާރުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ދައްކުވައިދެއްވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޑަރިކިލުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކުޑަރިކިލު ސްކޫލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އިންތިޚާބުގެ ތެރޭގައި އެ ރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަ ކުރެއްވުމަށްޓަކައި ކުރިއަށްދެވޭނޭ މަގު މިހާރު ފަހިކުރެވިފައިވާކަމަށެވެ. އެ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ދާއިރާތަކުން ޙައްލުތައް ހޯއްދެވުމަށް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، މިއަދުގެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މަޝްރޫޢު ހުއްޓިފައި އޮތް އޮތުންކަން ފާހަގަކުރައްވައި، މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި މަސައްކަތް އަލުން ފައްޓަވާނޭކަން އެ މަނިކުފާނު އިޢުލާންކުރެއްވިއެވެ. އަދި ބާރު ދުވެލީގައި މަސައްކަތް ކުރިއަށްގެންދަވައި، ސެޕްޓަމްބަރު މަހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަވާނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ. ކުޑަރިކިލުގެ މަގު ހެދުމުގެ މަސައްކަތް ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރައްވާފައި ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާ ވަރަކަށް މަގުހެދުމުގެ މަޝްރޫޢުވެސް ކުރިއަށްދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ވަނީ، ތަޢުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާއިން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، މިހާރު ހުއްޓުމަކަށް އައިސްފައިވާ، ސްކޫލްގެ މަސައްކަތް ބާރު ދުވެލީގައި ނިންމެވުމަށްފަހު، ރައްޔިތުން އެދޭ ފަދަ މަލްޓި ޕަރޕަސް ހޯލެއްގެ މަސައްކަތްވެސް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ބިންގާ އެޅި ސިއްޙީ މަރުކަޒުގެ އާ އިމާރާތާއެކު، ސިއްޙީ ޚިދުމަތްތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް ފެށިގެންދިޔައީކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުޑަރިކިލުގައި އިތުރު މިސްތިކެއް ބިނާކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާކަމަށާއި، މިސްކިތް ބިނާކުރާނޭ ބިން ހަމަޖެހުމާއެކު އެ މަސައްކަތް ފެށޭނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށުގެ ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި މަހު ހަވާލުކުރައްވާނޭ ކަމަށާއި، ކުޑަރިކިލުގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި ހޭންޑްބޯލް ކޯޓެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވަން ނިންމަވާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ހުރިހާ މަޝްރޫޢެއްވެސް ކުރިއަށްގެންދަވާނީ ވަރަށް ގާތުން ވިލަރެސްކުރެވިގެން ބާރު ދުވެލީގައި ކަމުގެ ޔަޤީންކަންވެސް، ކުޑަރިކިލުގެ ރައްޔިތުންނަށް އެ މަނިކުފާނު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް