ކުއްލި ޚަބަރު

ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ދެ މަސް ބޯޓު ހިފަހައްޓައިފި

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

ކޮރަޕްޝަން ހިންގަން ނިޔަތް ގަނެގެން ތިބި މީހުންނަށް ރައްކާތެރިކަމެއް ނޯންނާނެ: ނާޒިމު

nazim majilis

މި ދައުރުގައި ކޮރަޕްޝަން ހިންގުމުގެ ނިޔަތުގައި ތިބި އެއްވެސް ފަރާތަކަށް ރައްކާތެރިކަމެއް ނުލިބޭނެކަން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުންނާއި ތައްޔާރުކުރެވޭ ރިޕޯޓުތަކުން ހާމަވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއަށް ތެޔޮ ގަތުމުގައި 2018 އާއި 2020 އާ ދެމެދު ހިންގާފައިވާ ޚިޔާނާތާ ގުޅޭ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓު ދިރާސާކުރުމަށްފަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ނިޔަތާއި އަޒުމު މި ސަރުކާރުގައި އޮތްކަން ކުރެވެމުންދާ މަސައްކަތްތަކުން ސާބިތުވާ ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، އެމްޕީއެލްއާއި އެފްްއެސްއެމްގެ ތެރެއިން ހިންގި ޚިޔާނާތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެ މީހުންގެ މައްޗަށް ދަޢުވާ އުފުލާފައިވާ ކަމަށެވެ. ނަމަވެސް އެފްއެސްއެމްގައި ޚިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ދިވެހި މުވައްޒަފުގެ މަޤާމު ދަށްކުރި ނަމަވެސް ދަޢުވާ އުފުލާފައިވަނީ ހަމައެކަނި ތެޔޮ ބައުޒަރު ދުއްވި ޑްރައިވަރުގެ މައްޗަށް ކަމަށެވެ. ކުންފުނިތަކުގައި އެމްޑީންނާއި އިސް މެނޭޖަރުން ތިއްބަވާއިރު އެ ބޭފުޅުންގެ މައްޗަށް ދަޢުވާނުކޮށް ބައުޒަރު ދުއްވި މުވައްޒަފަށް ދަޢުވާކުރުމުން ޖަވާބުދާރީވުން އެކަށީގެންނުވާ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

އެފްއެސްއެމްގެ ހާލަތު ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައި، މަޖިލީހުގެ ރިޕޯޓުގައި އެފްއެސްއެމްގެ ފުރިހަމަ އޮޑިޓެއް ހެދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އެންގުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރެވެމުންދާއިރު އެ ކުންފުނީގެ ހާލަތު އޮތްގޮތް ސާފުވާނެ ކަމަށް ވިދާޅުވެ، ތަކުރާރުކޮށް އެފްއެސްއެމްގެ ތެރެއިން ކޮރަޕްޝަން ހިނގާކަމުގެ ތުހުމަތުތައް ފެންމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ފިޔަވަޅުނާޅާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ނާޒިމް ފާހަގަކުރެއްވީ، ކޮރަޕްޝަން ތަޙައްމަލުނުކުރައްވާނެކަން އިޢުލާނުކުރެއްވުމާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފުރަތަމަ ފަހަރަށް ޔުނިފޯމު އަޅާ އިދާރާތަކުގެ އޮޑިޓު ހެދުމުގެ ހުއްދަ އޮޑިޓަރ ޖެނެރަލްގެއޮފީހަށް ދެއްވި ކަމަށެވެ. އަދި އެ ހުއްދައިގެ ދަށުން ޕޮލްކޯގެ އޮޑިޓެއް ހަދައި، އެ އޮޑިޓުގެ ރިޕޯޓު މަޖިލީހަށް ލިބި، އެ ރިޕޯޓު ދިރާސާކޮށް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ނާޒިމް ފާހަގަކުރެއްވީ، މި ސަރުކާރު އައުމަށްފަހު ކުރި މަސައްކަތްތަކުގެ ތެރެއިން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 14.5 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް ދެނެގަނެވިފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވި ގޮތުގައި އެ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެއްކާއި ޤަރީނާ އެއްކުރެވިފައިވެއެވެ.

“އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް، އަޅުގަނޑުމެންނަށް މިވަނީ ހެއްކާއި ޤަރީނާއާ އެކު އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދިފައި،” ނާޒިމް

ނާޒިމް އިތުރަށް ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް ކޮރަޕްޝަނެއް ފާހަގަކުރެވުމުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މަޖިލީހުން ކުރާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން ކޮރަޕްޝަން ތަޙައްމަލުނުކުރާނެކަމާއި، ކުރިއަށް އޮތް ތަނުގައި ކޮރަޕްޝަން ހިންގުމަށް ނިޔަތްގަނެގެން ތިބި މީހުންނަށްވެސް ރައްކާތެރިކަމެއް ނޯންނާނެކަން ސާބިތުވެގެންދާނެ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

“އެހެންވީމާ މި ސަރުކާރުން ފިޔަވަޅު އެބަ އަޅާ، ކަންކަން ރަނގަޅުވެސްވޭ، ކުންފުނިތަކުގެ އެމްޑީންވެސް ވަކިކޮށްފި. އަދި އެތަންތަނުން އިވެމުންދިޔަ ނޭދެވޭ އަޑުތައް ކެނޑިގެންވެސް ހިނގައްޖެ. ނަމަވެސް ކޮރަޕްޝަންގެ ކަންކަމުގައި އަޅަންހުރި ފިޔަވަޅުތައް އަދިވެސް އެބަހުރި. އެހެންވީމާ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކޮރަޕްޝަނުގެ ކަންކަމުގައި މި ސަރުކާރުން ފިޔަވަޅު އަޅުއްވާފައި ނެތޭ ދެންނެވޭކަށް ނެތް،” ނާޒިމް

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައަޅަނީ

66

ބެސްޓިނެޓާއެކު މަސައްކަތް ނުކޮށްފިނަމަ ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނީސް: އުޝާމް

112

އިސްލާހުތަކާއެކު މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި

ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނެއް ހެދުމަށް ބިލެއް ހުށައަޅައިފި

TTH_advertisement