ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ކަމަދޫއަށް ސީޕްލޭންގެ ޚިދުމަތްދޭން އެއްބަސްވުމުގައި ސޮއިކޮށްފި

Maldivian kamadhoo 1024x683

ބ. ކަމަދޫއަށް ސީޕްލޭންގެ ޚިދުމަތް ދިނުމަށް ޓަކައި، އައިލެންޑް އޭވިއޭޝަނުން ހޯކްސް ހޮޓެލްސްއާއެކު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިއަދު ރައިސް ޑރ. މުޙައްމަދު މުއިއްޒު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި، ކަމަދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އައިލޭންޑް އޭވިއަޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. ހޯކްސް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރު ހުސައިން އަމަންއެވެ.

ކަމަދޫއަކީ ގެސްޓުހައުސް ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ހިންގާ ވެސް ރަށެކެވެ. އެގޮތުން ހޯކްސް ކުންފުނިން ވެސް އެ ރަށުގައި މަތީ ފަންތީގެ ދެ ގެސްޓުހައުސް އަންނަނީ ހިންގަމުންނެވެ.

ބ. އަތޮޅުގައި މިހާރު ވައިގެ ދަތުރުފަތުރު ބާއްވަނީ ދަރަވަންދޫގައި އޮންނަ އެއާޕޯޓަށެވެ. އެއީ ވެސް ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށަނީ

މޯލްޑިވިއަނުން ޑާކާއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

B 202507231026431753248403.0421

މޯލްޑިވިއަނުން ޖިއްދާއަށް 20 ފްލައިޓް

TTH_advertisement