ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެމިލީ ކޯޓުގެ އިސް ގާޒީ މާހިރު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި

112
TTH_Ads
STO_Ads

ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު، ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވައިފިއެވެ.

ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީން ކުރިން ނިންމީ މުހައްމަދު ޝަހީދެވެ. އޭނާ ވަނީ ނަން އަނބުރާ ނަގާފައެވެ.

އެހެންވެ އެ ކޮމިޝަނުން ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާފައެވެ.

HajjCop_ads

މާހިރުގެ އިތުރުން އެހެން ބައެއް ފަނޑިޔާރުން ވެސް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވެއެވެ. އެކަމަކު އެ ބޭފުޅުންގެ ނަންތައް އަދި ނޭނގެއެވެ.

މާހިރު ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާތާ 15 އަހަރު ވެދާނެއެވެ.

މާހިރު އެންމެ ފުރަތަމަ އައްޔަންކުރެއްވީ މަދަނީ ކޯޓުގެ ގާޒީ ކަމަށް 9 ނޮވެމްބަރު 2005 ވަނަ ދުވަހުއެވެ. އޭގެފަހުން ފެމިލީ ކޯޓުގެ ގާޒީ ކަމަށް ބަދަލުވެވަޑައިގަތީ 23 މެއި 2010 ގައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

ދ. މީދޫ ކައުންސިލްގެ ރައީސްގެ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގައި އޮތް މައްސަލައަށް އެމްޑީއޭގެ ކެންޑިޑޭޓް ދަތައްޚުލްވެއްޖެ

Ui

ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ޖަމީލް އައްޔަން ކުރަން ނިންމައިފި

Big tkaqua9heab6zthfms1rjk8sd

ދ. މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

43

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފި