ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން މުޅިން އަލަށް 34 ފަރާތަކަށް ލައިސަންސް ދޫކޮށްފި

STO_Ads
TTH_Ads
Advertisement

އަލަށް އަމަލުކުރަން ފެށި ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން މުޅިން އަލަށް 34 ފަރާތަކަށް ލައިސަންސް ދޫކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. “މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ޤަވައިދު”ގެ ދަށުން ލައިސަންސްއަށް އެދި ހުށައެޅުމަށް އެމްއެމްއޭއިން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ.

އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ޚިދުމަތް ދެވޭނީ އަލުން ރަޖިސްޓްރީކޮށްގެންނެވެ.

އެމްއެމްއޭއިން ވިދާޅުވީ ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން މުޅިން އަލަށް 34 ފަރާތަކަށް ލައިސަންސް ދޫކޮށްފައިވާކަމަށެވެ. މީގެތެރޭގައި ޓިއާ 1 ލައިސަންސް 29 ފަރާތަކަށް އަދި ޓިއާ 2 ގެ ލައިސަންސް 5 ފަރާތަކަށް ދޫކޮށްފައިވާކަމަށެވެ.

HajjCop_ads
Advertisement

ޓިއާ1 ކެޓަގަރީގެ ވިޔަފާރިތަކަށް ދޫކުރަނީ ބޭރުފައިސާ ގަނެ ވިއްކުމަށް ދޫކުރާ ލައިސަންސެވެ. ޓިއާ2 ލައިސަންސަކީ ހަމައެކަނި ރިސޯޓްތަކަށް ބޭރުފައިސާ ވިއްކަން ދެވޭ ލައިސަންސެކެވެ.

މަނީ ޗޭންޖިން ގަވާއިދުގެ ދަށުން މުޅިން އަލަށް 34 ފަރާތަކަށް ލައިސަންސް ދީފައިވީނަމަވެސް މި 34 ފަރާތް ހިމަނަގައިގެން ޖުމްލަ 62 ފަރާތަކަށް އެމްއެމްއޭއިން ވަނީ ލައިސަންސް ދޫކޮށްފައެވެ. މީގެތެރޭގައި ކުރިން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެތެރެއިން، ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ 28 ފަރާތެއް ހިމެނެއެވެ.

އެމްއެމްއޭއިން އަލަށް އަމަލުކުރަން ފެށި ބޭރުފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިއާ ބެހޭ ޤަވާއިދަކީ 1987 އިން ފެށީގެން އަމަލުކުރަމުން އައި ޤަވާއިދުގެ ބަދަލުގައި ޢަމަލުކުރަން ފެށި އައު ޤަވާއިދެކެވެ. މި ޤަވާއިދުގެ އެންމެ ބޮޑު ބޭނުމަކީ ބޭރުފައިސާ ގަނެވިއްކުމުގެ ވިޔަފާރި ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް އެ ވިޔަފާރި ހިންގުމުގައި ޒަމާނީ އުސޫލުތަކެއް ކަނޑައެޅުމެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ބިލު މަޖިލީހަށް ބަލައިގެންފި

mma

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީގެ ތެރެއިން 2 ބިލިއަނެއްހާ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް ނުވަދޭ

MMA

ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭ ގޮތަށް އިސްލާހެއް

MMA

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭ އިން 51 ޕަސަންޓު އިތުރުކޮށްފި