ކުއްލި ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނެދަލޭންޑްސްގެ މީހަކު ހައްޔަރުކޮށްފި

އުމްރާވެރިން އަންނަ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި

އެސްޓީއޯގެ “ބެކް ޓު ސްކޫލް ޕްރޮމޯޝަން” ފަށައިފި

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް 513 މިލިއަން ރުފިޔާ މިއަހަރު ދޫކޮށްފި

ސަރުކާރުގެ އެކި ތަޢުލީމީ ޕްރޮގްރާމުތަކުގެ ދަށުން މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މި އަހަރުގެ މިހާތަނަށް 513 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މަތީ ތަޢުލީމާއި، ވަޒީފާއާއި އަދި ހުނަރު ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ދަރިވަރުންގެ ލޯނު ޕްރޮގްރާމުގެ ދަށުން ކިޔަވާ ދަރިވަރުންނަށެވެ. އެގޮތުން 1 ޖަނަވަރީ 2023 އިން 7 އޯގަސްޓު 2023 އާ ހަމައަށް 311,441,221.95 ރުފިޔާ (ތިން ސަތޭކަ އެގާރަ މިލިއަން ހަތަރު ލައްކަ ސާޅީސް އެއްހާސް ދުއިސައްތަ އެކާވީސް ރުފިޔާ ނުވަދިުވަދިހަ ފަސް ލާރި) ދަރިވަރުންގެ ލޯނުގެ ގޮތުގައި ދޫކޮށްފައިވެއެވެ.

މި އަހަރު 282 ދަރިވަރަކަށް އަލަށް ދަރިވަރުންގެ ލޯނު ދޫކުރެވުނެވެ. އަދި މި ލޯނު ޕްރޮގްރާމުގެ ދަށުން ކިޔަވަމުންދިޔަ 382 ދަރިވަރަކު މި އަހަރުގެ މިހާތަނަށް ދަސްވެނިވެފައިވެއެވެ. މިހާރު ދިވެހިރާއްޖެއާއި ބޭރުގެ 40 ޤައުމެައުމެއްގައި ޖުމްލަ 1,676 ދަރިވަރަކު މި ލޯނު ޕްރޮގްރާމުގެ ދަށުން ކިޔަވަމުން ގެންދެއެވެ.

ފާއިތުވި އަހަރު 1,159 ދަރިވަރަކު މި ލޯނު ޕްރޮގްރާމުގެ ދަށުން ކިޔަވަމުންދިޔައިރު، 964 ދަރިވަރަކު ކިޔެވުން ނިންމައި ދަސްވެނިވިއެވެ. ފާއިތުވި އަހަރާއި މި އަހަރުގެ މިހާތަނަށް ޖުމްލަ 1,011,811,520 ރުފިޔާ (އެއް ބިލިއަން އެގާރަ މިލިއަން އަށް ލައްކަ އެގާރަހާސް ފަސްސަތޭކަ ވިހި ރުފިޔާ) ދަރިވަރުންގެ ލޯނު ޕްރޮގްރާމުގެ ދަށުން ދޫކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

m muli

މުލީގައި ނޭޗާ ޕާކް ހަދާނެ ބަޔަކު ހޯދަނީ

އެންސިސް މަސް ކާރުޚާނާ މިފްކޯއިން ގަންނަނީ

Police vcle

ބާރު ސްޕީޑުގައި ދުއްވާފައި ގޮސް، ފުލުހުންގެ ސައިކަލެއްގައި ޖެއްސި ކާރެއްގައި ތިބި ދެ މީހަކު ހައްޔަރުކޮށްފި

މާވަށުގައި މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީއަށްފަހު ރާއްޖެ ގެނެސްފި

TTH_advertisement ELL Mobile Advertisement