ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

އުމްރާވެރިން އަންނަ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި

މޯލްޑޯލްޑިވިއަން އެއަރލައިންސްގެ އުމްރާވެރިން އަނބުރާ މާލެ ގެނައުމަށް މިއަދު ހަމަޖެހިފައިވާ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލަ ޙައްލުކުރުމަށްފަހު، ފްލައިޓް ފުރައިފިއެވެ.

ސަޢޫދީ އަރަބިއްޔާގެ ގަޑިން މިއަދު މެންދުރުފަހު 15:45 ގައި ފުރުމަށް ހަމަޖެހިފައިވާ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓް ކިއު2 6361 އަށް ލަސްވުން ދިމާވިއެވެ. މި ފްލައިޓަކީ މޯލްޑިވިއަންގެ އެންމެ ބޮޑު މަތިންދާބޯޓު، އޭ330-200 އެވެ.

ޙައްޖު ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މުޙައްމަދު ޝަކީލް، އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓެއް ކުރައްވައި ވިދާޅުވެފައިވަނީ، ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ފުރުން ލަސްވެފައިވާ ކަމަށެވެ. އިތުރަށް ވިދާޅުވެފައިވަނީ، މި މައްސަލަ ޙައްލުކުރުމަށްފަހު ސަޢޫދީ އަރަބިއްޔާގެ ގަޑިން 18:00 ގައި ފްލައިޓް މާލެއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޝަކީލް އިތުރަށް ފށް ފާހަގަކުރެއްވި ގޮތުގައި، މި ފްލައިޓުގައި ދަތުރުކުރައްވާ އެންމެހައި އުމްރާވެރިންގެ ޙާލު ރަނގަޅުކަމަށެވެ.

މޯލްޑިވިއަން އެއަރލައިންސްގެ އިސް އޮފިޝަލެއް ވިދާޅުވެފައިވަނީ، އުމްރާވެރިން އަނބުރާ ގެނައުމަށް ސަޢޫދީ އަރަބިއްޔާގެ ޖިއްދާއިން މާލެއަށް ދަތުރުކުރާ ފްލައިޓެއް ލަސްވެފައިވާ ކަމަށެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރަށް ފްލައިޓް ލަސްވި ސަބަބު އެއަރލައިންއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި ސްކޫލް ޗުއްޓީގައި ޙައްޖު ކޯޕަރޭޝަނާއި އަމިއްލަ ގްރޫޕެއްގެ ފަރާތުން އުމްރާއަށް ވަޑައިގެންނެވި 750 އަށްވުރެ ގިނަ ފަސިންޖަރުންގެ ވައިގެ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސާފައިވަނީ މޯލްޑިވިއަން އެއަރލައިންސް މެދުވެރިކޮށެވެ. އުމްރާވެރިން ގެންދިއުމަށްޓަކައި އެ އެއަރލައިންއިން ވަނީ މާލެއިން ޖިއްދާއަށް ސީދާ ފްލައިޓުތަކެއް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށަނީ

މޯލްޑިވިއަނުން ޑާކާއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

B 202507231026431753248403.0421

މޯލްޑިވިއަނުން ޖިއްދާއަށް 20 ފްލައިޓް

TTH_advertisement