ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަޑިބުރު ކައިރީހުރި ސަބްސްޓޭޝަންތެރެއަަށް ވަދެ ކޭބަލް ބުރިކޮށްލައިފި

Original 1754636244172

ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ތެރެއަަށް ވަދެ ކޭބަލް ބުރިކޮށްލައިފި އެވެ:
ކޭބަލް ބުރިކޮށްލާފައި ވަނީ މާފަންނު ފަރީދީމަގު، ގަޑިބުރު ކައިރި ހުރި ސަބްސްޓޭޝަންގެ އެވެ.

ފުލުހުން ބުނީ އެ ރިޕޯޓް ލިބުނީ ރޭ 9:46 ހާއިރު ކަމަށެވެ: އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
އެކަން ކުރި ކަމުގެ ތުހުމަތު ގައި މީހަކު / ބަޔަކު އަދި ހައްޔަރެއް ނުކުރެ އެވެ.

ސަބްސްޓޭޝަންތަކުން ވައްކަން ކުރުމަކީ އާންމު ކަމެކެވެ. އެކަން ކުރަނީ ވަގަށް ކޭބަލަށް ނަގައިގެން ގޮސް ވިއްކާލުމަށެވެ. އެއީ ބޮޑު އަގުގައި މީހުން ގަންނަ އެއްޗެކެވެ.

ކޭބަލް ވަގަށް ނަގަން ސަބްސްޓޭޝަންތަކަށް ވަންނަ މިންވަރު އިތުރުވެފައިވާއިރު މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިފަދަ ބައެއް ހާދިސާތަކުން މީހުން މަރުވެފައިވެސް ވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް