ކުއްލި ޚަބަރު

އެމްޕީއެލް އިން ޖުލައި މަހު 6،320 ޓީއީޔޫސް މުދާ ކްލިއާކޮށްފި

ޒަކާތު ފަންޑްގެ ސްކޮލާޝިޕްތަކަށް 29 މީހަކު ކުރިމަތިލައިފި

އިތުރު 11 ރަށެއްގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާ ކަމަށްބުނެ، އެމްޑީޕީ މެންބަރުންގެ ސިޓީއެއް ރައީސަށް

Majlis
MAJLIS

ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާ ކަމަށްބުނެ، އިދިކޮޅު އެމްޑީޕީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ 12 މަޖިލިސް މެންބަރުން ސޮއިކުރައްވައި ރައީސަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިހުލާސްތެރިކަމާއެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރު އެޅުމާއި، ގާނޫނުގެ ވެރިކަން ކުރިއަރުވައި، އެންމެންގެ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަން ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ތަންފީޒުކުރަމުންގެންދާ މިންވަރު ބެލުމަށްޓަކައި ލިޔުމުން ނުވަތަ އަނގަބަހުން ވަޒީރުންނާ ސުވާލުކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް، ދެންނެވުނު ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި، އެ ޒިންމާއިން ބަރީއަވެ، އަޅުގަނޑުމެންގެ ދުސްތޫރީ ވާޖިބަށް ވަޒީރުން ގެންދަވަނީ ހުރަސް އަޅުއްވަމުން ކަމަށް ސިޓީގައި ވިދާޅުވިއެވެ.

ސިޓީގައި ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް މީހުން އައްޔަންކުރުމާއި އެ މަގާމުތަކުން މީހުން ވަކިކުރުމާއި ވަޒީރުންނާ މެދު ފިޔަވަޅު އެޅުމަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއްކަމަށްވީ ހިނދު، މަޖިލިސް މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ވަޒީރުންނާ މެދު ފިޔަވަޅު އެޅުމަކީ ރައީސަށް ލާޒިމު ކަމެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރުންނަށް އަންގަވައި، ގާނޫނުއަސާސީ އާއި ގާނޫނަށް ވަޒީރުން ތަބާވާކަން ކަށަވަރުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އެމްޑީޕީ މެންބަރުންގެ ސިޓީގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

uk

އިނގިރޭސިވިލާތުގައި ހުކުމްކުރީ ދިވެއްސަކަށް ނޫން: އިމިގްރޭޝަން

112

ޒަކާތު ފަންޑްގެ ސްކޮލާޝިޕްތަކަށް 29 މީހަކު ކުރިމަތިލައިފި

112

އިތުރު 11 ރަށެއްގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

112

ނިވްސް އެޖެންސީއެއް ގާއިމްކުރަން ސަރުކާރުން ނިންމައިފި

TTH_advertisement ELL Mobile Advertisement