ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާވަށުގައި މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

މިދިޔަ ޖުލައި މަހުގެ 28ވަނަ ދުވަހު މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމަރީގައި ނިޔާވީ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. ފުލުހުން ވިދާޅުވީ މޫސާ އިބްރާހީމްގެ މަރުގެ ތަހުޤީގަށް ބޭނުންވާ އޮޓޮޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު މިހާރު އިންޑިއާއަަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގައި މޫސާ އިބްރާހީމް މަރާލިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ މުޙައްމަދު އިބްރާހީމެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ ނިޔާވި މޫސާ އިބްރާހީމަށް ހަމަލާދިނުމަށް ބޭނުން ކުރިކަމަށް ބެލެވޭ ވަޅި މޫދަށް ފީނައިގެން ހޯދަފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ