ކުއްލި ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނެދަލޭންޑްސްގެ މީހަކު ހައްޔަރުކޮށްފި

އުމްރާވެރިން އަންނަ ފްލައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރައިފި

އެސްޓީއޯގެ “ބެކް ޓު ސްކޫލް ޕްރޮމޯޝަން” ފަށައިފި

އދ.އަތޮޅު ފަރަށް އުރުނު ޔޮޓު ލިބުނު ގެއްލުމާއި ގުޅިގެން 4.8 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފި

އދ.އަތޮޅުގެ ފަރަށް ޔޮޓެއް، އުރިގެން ލިބުނު ގެއްލުމާއި ގުޅިގެން 4.8 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ވިދާޅުވީ، މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ އެއޭޖެންސީއަށް ދައްކާ ޚަލާސްކުރަން އަންގާފައިވާކަމަށެވެ.

ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓްގެ ލޯކަލް އޭޖެންޓްކަމުގެ ދަށުން ރާއްޖެއަށް އައިސްފައިވާ ޓެމްޕަލް މެރިންގެ “އެމް.ވައި ބިގް ފިޝް” ޔޮޓް އދ.އަތޮޅުގެ ފަރަށް އުރިފައިވަނީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގައެވެ. އީޕީއޭއިން ވިދާޅުވީ، މިޔޮޓު 29 އޭޕްރީލްގައި ފަރުމަތިން ނަގާފައިވާކަމަށެވެ. އަދި ފަރަށް ލިބުނު ގެއްލުން ބެލުމަށް ޖޫން މަހުގެ 4 ވަނަ ދުވަހު އުޅަނދުގެ ވެރިފަރާތާއި އީޕީއޭއާއި ގުޅިގެން ސަރވޭރއެއް ކުރެވިފައިވާކަމަށާއި، މިސަރވޭއިން އެ ފަރުގެ 187 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުން ލިބިފައިވާކަން ހާމަވެފައިވާކަމަށް އީޕީއޭއިން ވިދާޅުވެއެވެ.

ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ ދަށުން ޓެމްޕަލް މެރިން ކުންފުނި ހަތަރު މިލިއަން އަށްލައްކަ އަށްޑިހަ ނުވަހާހަށްވުރެ ބޮޑު ޢަދަދަކުންވަނީ ޖޫރިމަނާކޮށްފައެވެ. އޯގަސްޓް މަހުގެ 4 ވަނަ ދުވަހު އެކުންފުނި ޖޫރިމަނާކޮށްފައިވާއިރު ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މިފައިސާ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް ދެއްކުމަށް އެކުންފުންޏަށްވަނީ އަންގާފައެވެ.

ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން ފަރުތަކަށް އުޅަނދުތައް އުރިގެން ލިބޭ ގެއްލުން ދެނެގަނެ 100 މިލިއަނަށްވުރެ ބޮޑު ނޫން ޢަދަދަކުން އެކަމެއްގައި ޝާމިލުވާ ފަރާތްތައް ޖޫރިމަނާކުރުމަށް ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ. އަދި ގެއްލުމުގެ ބަދަލު ނުދައްކާނަމަ ޝަރީޢަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ އިޚްތިޔާރު ދިވެހި ސަރުކާރަށް މިޤާނޫނުން ލިބިދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް 513 މިލިއަން ރުފިޔާ މިއަހަރު ދޫކޮށްފި

m muli

މުލީގައި ނޭޗާ ޕާކް ހަދާނެ ބަޔަކު ހޯދަނީ

އެންސިސް މަސް ކާރުޚާނާ މިފްކޯއިން ގަންނަނީ

Police vcle

ބާރު ސްޕީޑުގައި ދުއްވާފައި ގޮސް، ފުލުހުންގެ ސައިކަލެއްގައި ޖެއްސި ކާރެއްގައި ތިބި ދެ މީހަކު ހައްޔަރުކޮށްފި

TTH_advertisement ELL Mobile Advertisement