ކުއްލި ޚަބަރު

55 ކައުންސިލް އިދާރާގެ އިމާރާތް އަންނަ ޖުލައި މަހު ނިމޭނެ: މިނިސްޓްރީ

ބީއެމްއެލްގެ ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

ނޫސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ މުހިއްމު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޔޮޓެއް ފަރަކަށް އެރުވުމުން ލިބުނު ގެއްލުންތަކަށް ހަތަރު މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

K8syow847yftjbkxzwixdeos3oj9iy7r7gnyrzdi

“އެމްވައި ބިގް ފިޝް” ނަމަކަށް ކިޔާ ޔޮޓެއް އދ. އަތޮޅުގެ ފަރަކަށް އެރުމާ ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް ހަތަރު މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕްރައިވެެޓް ލިމިޓެޑްގެ ލޯކަލް އޭޖެންޓް ކަމުގެ ދަށުން ރާއްޖެ އައިސްފައިވާ ޓެމްޕަލް މެރިން އެލްޓީޑީގެ “އެމްވައި ބިގް ފިޝް” (އައި އެމް އޯ: 399463) ނަމަކަށް ކިޔާ ޔޮޓް، އދ. އަތޮޅުގެ RF1329 ފަރަށް މި އަހަރުގެ އޭޕްރީލް 28 ވަނަ ދުވަހު އުރިފައިވާ ކަމަށެވެ.

އެ ޔޮޓް އޭޕްރޯލް 29 ގައި ފަރުމަތިން ނަގާފައިވާތީ، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން މިދިޔަ ޖޫން މަހު އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު އެ ޔޮޓް ފަރަށް އެރި ސަރަހައްދުގައި ޖޮއިންޓް ސާވޭއެއް އީޕީއޭ އިން ކުރިއަށްގެންދިޔަ ކަމަށް އެ އެޖެންސީން ބުންޏެވެ.

އީޕީއޭ އިން ބުނީ އެ އުޅަނދު ފަރަށް އެރި ސަރަހައްދު ބެލި ބެލުމުން އެ ފަރުގެ 187 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަދަކީ 4,889,450 (4.8 މިލިއަން) ރުފިޔާ ކަމަށް އީޕީއޭ އިން ބުންޏެވެ.

އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ޓެމްޕަލް މެރިން އެލްޓީޑީ، މިދިޔަ ހޯމަ ދުވަހު ޖޫރިމަނާކޮށް އެ ޖޫރިމަނާ ދައްކަން 30 ދުވަސް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

އީޕީއޭގެ ނަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އަށް ބަދަލުކުރައްވައިފި

121

ރަސްފަރި ފަރު އިއާދަކުރުމަށް ސަންގެލިން އެހީވާން އެއްބަސްވެއްޖެ

Vaalu

ވާލާއި ކާޅުގެ މައްސަލައަށް ހަލު ހޯދަނީ

3af4f451 8787 48a8 B6b5 91d700d26623

ކުޑަގިރި ފަޅަށް ދެ މަތިންދާބޯޓު ފައްތައި ޑައިވް ސައިޓެއް ހަދަން ނިންމައިފި

TTH_advertisement