ކުއްލި ޚަބަރު

އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އަގީލް ގެއްލިއްޖެ!

ހަށިވިއްކުމުގެ ވިޔަފާރިކުރާ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި

އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

378137 b81e16c0 7

އަރިއަތޮޅު އުތުރުބުރީ މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ކަނޑައަޅައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، އަރިއަތޮޅު އުތުރުބުރީގައި އޮންނަ “ރަންފަރު” ފަޅަކީ އެ އަތޮޅުގެ “މާޅޮސް” ގެ ބައެއްކަމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސް މިގޮތަށް ކަނޑައެޅުއްވީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން އެކަށައެޅުއްވި ޤަރާރު ނަންބަރު 20/2025 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ “ރަންފަރު” ފަޅަކީ އެ އަތޮޅުގެ “މާޅޮސް” ގެ ބައެއްގެ ގޮތުގައި އިތުރުކުރައްވައި، އަރިއަތޮޅު އުތުރުބުރީ “ރަންފަރު” ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައިފައެވެ.

އަރިއަތޮޅު އުތުރުބުރީ މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ކަނޑައަޅައިދެއްވުމަކީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް، ޑިސެންބަރު 2024 ގައި ރައީސް ކުރެއްވި ދަތުރުފުޅުގައި، އއ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކު، ބައްޕައަށް ހަމަލާދީ ޒަހަމްކޮށްލައިފި

12222222222

އަބްދުއްރަހްމާންގެ މަރުގެ ތުހުމަތު ކުރެވޭ އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް

B 202508210132421755765162.0861

އަބްދުއްރަހުމާން މަރާލި މައްސަލައިގައި ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

112

އއ. މާޅޮހުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

TTH_advertisement