ކުއްލި ޚަބަރު

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މަސައްކަތްކުރާ ގައިދީންނަށް ދޭ އެލަވަންސް 25 އަހަރަށްފަހު ބޮޑުކޮށްފި

މަސައްކަތްކުރާ ގައިދީންނަށް ދޭ އެލަވަންސް 25 އަހަރަށްފަހު، 30 ރުފިޔާއިން 120 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ މީގެ ކުރިން މަސައްކަތްކުރާ ގައިދީންނަށް ދުވާލަކަށް ދެނީ 30 ރުފިޔާ ކަމަށެވެ.

ނަމަވެސް މިދިޔަ ޖުލައި މަހުން ފެށިގެން މަދުވެގެން 50 ރުފިޔާ، ގިނަވެގެން 120 ރުފިޔާގެ އުޖޫރައެއް މަސައްކަތްކުރާ ގައިދީންނަށް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިދިޔަ މަހުން ފެށިގެން އެންމެ މަދު މިނަކަށް 50 ރުފިޔާ އެކި ކެޓަގަރީއަށް ބަހާފައި އިންނާނީ. އެއީ އެމީހަކު ކުރާ މަސައްކަތާއި އެމީހެއްގެ ޕާފޯމަންސަށް ބަލާފައި. އެ ކެޓަގަރީއަކަށް ފެތޭގޮތަށް އެންމެ މަތިވެގެން 120 ރުފިޔާ. އެވްރެޖުކޮށް 120 އާއި 50 އާ ދޭތެރޭގައި،” ޔުސްރީން

ޔުސްރީން އިތުރަށް ވިދާޅުވީ ޖަލުތަކުގައި މެއިންޓޭނަންސް މަސައްކަތްތަކާއި ކަރަންޓުގެ މަސައްކަތްތައް، ފަރުނީޗަރު ތައްޔާރުކުރުން، އަތްތެރި މަސައްކަތްތައް ލިޔެލާޖެހުން، ފެހުން، ޕްރޮޖެކްތުތައް ނަގައިގެން ކޮންސްޓްރަކްޝަން މަަސައްކަތްވެސް ކުރާނެ ކަމަށެވެ. ނަމަވެސް މިވަގުތު އެ މަސައްކަތްތައް ކުރާ ގައިދީންގެ އަދަދުތައް ހާމަކޮށްފައެއް ނުވެއެވެ.

އެ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ބޭނުމަކީ ޖަލުތަކުން މިނިވަންވެގެން މުޖުތަމައުއަށް ނުކުންނަ އިރު، މަސައްކަތެއް ދަސްވެފައި ހުރުމާއި ގައިދީން އިސްލާހުކޮށް ރަނގަޅުގޮތުގައި މުޖުތަމައުއަށް ނެރުން ކަމަށް ޔުސްރީން ވިދާޅުވިއެވެ.

ގައިދީން އިސްލާހުކޮށް ރަނގަޅުގޮތުގައި މުޖުތަމައުއަށް ނެރުމަށްޓަކައި ކަރެކްޝަންސްގެ ފަރާތުން ގައިދީންނަށް އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި އަދި އެމީހުންނަށް މަސައްކަތްތައް ދަސްކޮށްދިނުމުގެ އެކިއެކި ޕްރޮގްރާމްތައް ކުރިއަށްގެންދެއެެވެ.

އެގޮތުން ދަނޑުވެރިކަމާއި ފެހުމާއި ކަރަންޓު ވަޔަރު ކުރުމުގެ އެކި މަސައްކަތްތަކާއި އޭސީ މަރާމާތު ކުރުމާއި ކަސަބުގެތުމާއި އަތްތެރި މަސައްކަތްތަކުގެ އިތުރުން ލިޔެލާޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދެެއެެވެ. އެ ތަމްރީނުތަކުގައި ގައިދީން ބައިވެރިވުމަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް އދ.ގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ޚިޔާނާތުގެ ކުށް ސާބިތުވެ ބައްސާމް ހަތަރު އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

މަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުނބުރުދޫގައި ތަރައްގީކުރި ފުޓްބޯޅަ ދަނޑާއި މަލްޓި ސްޕޯޓްސް ކޯޓު ހުޅުވައިފި

TTH_advertisement