ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުރަތަމަ 6 މަހު، ބޭންކުތަކަށް 362 މިލިޔަން ޑޮލަރު މާރުކޮށްފި

MMA
STO_Ads
TTH_Ads
Advertisement

ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރަން ޖެހޭ ބޭރުފައިސާގެ ތެރެއިން ޖޫން މަހުގެ ނިޔަލަށް 362 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތަކުން ބޭންކުތަކަށް ބޭރުފައިސާ މާރުކުރަން ފަށާފައިވަނީ މިއަހަރު ޖަނަވަރީ މަހު ޢަމަލު ކުރަން ފެށި ބޭރުފައިސާއާއި ބެހޭ ޤާނޫނުގެ ދަށުންނެވެ.

ބޭރުފަައިސާއާއި ބެހޭ ޤާނޫނުގެ ދަށުން ބޭންކުތަކަށް 362 މިލިޔަން ޑޮލަރު މާރުކޮށްފައިވާއިރު، މީގެ ތެރެއިން 60 އިންސައްތަ އެމްއެމްއޭއަށް ބޭންކުތަކުން ބޭރުފައިސާއާއި ބެހޭ ޤަވާއިދާއި އެއްގޮތަށް ވިއްކާފައިވެއެވެ.

HajjCop_ads
Advertisement

ބޭރުފައިސާގެ އައު ޤާނޫނު ތަޢާރަފްވެ ރާއްޖެއިން ލޯނު ދައްކާފައިވާ މިންވަރުވެސް މިދިޔަ އަހަރާއި އަޅާބަލާއިރު، ވަނީ އިތުރުވެފައެވެ. މިއަހަރާއި އަންނަ އަހަރަކީ ރާއްޖެއިން އެންމެ ބޮޑު އަދަދަކުން ދަރަނި ދައްކަން ޖެހޭ އަހަރުތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެމްއެމްއޭއިން ވިދާޅުވީ މިދިޔަ އަހަރުގެ ފުރަމަ 6 މަސް ދުވަހު 88 މިލިޔަން ޑޮލަރު ދަރަނީގެ ގޮތުގައި އަނބުރާ ދައްކާފައެވެ. މިއަހަރު ލޯނުތަކަށް 174 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މިއީ 97 އިންސައްތައިގެ އިތުރު އަދަދެކެވެ. މީގެ އިތުރުން ބޮންޑު ދެއްކުމަށް 27.5 މިލިޔަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވިދާޅުވީ، ބޭރުފައިސާގެ އައު ޤާނޫނު އައުމުގެ ކުރިން ރާއްޖެއަށް ވަންނަ ބޭރުފައިސާގެ އާމްދަނީގެ ތެރެއިން މި ވޭތުވެ ދިޔަ 4 އަހަރުވެސް ބޭންކުތަކަށް މާރުކޮށްފައިވަނީ އެންމެ 10 އިންސައްތައެވެ. ނަމަވެސް ބޭރުފަައިސާގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، މި އަދަދު ދެގުނަވެ 20 އިންސައްތަ އަށް އިތުރުވެފައިވާ ކަމަށް މަރުކަޒީ އެމްއެމްއޭއިން ވިދާޅުވިއެވެ.

ބޭރުފައިސާގެ ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ދައިރާގައި ހިމެނޭ ވިޔަފާރިތަކުން އާމްދަނީގެ 20 އިންސައްތަ ނުވަތަ އެ ތަނަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. ބޭންކުތަކަށް މާރު ކުރާ ޑޮލަރުގެ 90 އިންސައްތަ ބޭންކުތަކުން މަރުކަޒީ ބޭންކަށް ވިއްކަން ޖެހެއެވެ.

މީގެ ތެރެއިން ބޭންކުންތަކުން އެމްއެމްއޭއަށް މާރުކުރާ ޑޮލަރުގެ 50 އިންސައްތަ ބޭނުން ކުރަނީ، ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ. ބޭންކުތަކުން އިތުރަށް މާރުކުރާ 40 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ފައިސާ ބޭންކުތަކުން ބޭނުން ކުރަނީ ވިޔަފާރިތަކަށް ދޫކުރުމަށާއި، ބޭރުފައިސާ ބޭނުންވާ އެހެން އިލްތިޒާމުތައް ހަމަޖެއްސުމަށެވެ. އެމްއެމްއޭގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު %50 އިންސައްތައަށް އިތުރުކުރުމެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance

އެޕްރީލް މަހު ދައުލަތަށް ލިބުނު އާމްދަނީ ލަފާކުރި ވަރަށް ވުރެ 16% އިތުރުވެއްޖެ

kulli khabaru

މިދިޔަ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުވެސް ދައްކައިފި

MMA

އެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ސެކިއުރިޓީ ވަރުގަދަ ކުރުމަށް މަސައްކަތް ފަށައިފި

ނައްތާލާ ނޫޓުތަކުން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭއިން އިފްތިތާޙްކޮށްފި