ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެމަނަފުށީ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް އާރުޑީސީއާ ހަވާލުކޮށްފި

112

ގއ. ގެމަނަފުށީގައި މަސައްކަތް ފަށާފައިވާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ނިންމުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރުގެ ނާއިބު އިބްރާހިމް އާސިމްއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަޒީމްއެވެ.

ދަޢުލަތުގެ ބަޖެޓުން 7،780،395.62 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 240 ދުވަހުގެ މުއްދަތެކެވެ.

މިސްކިތުގެ މަސައްކަތް އެއްކޮށް ނިމޭއިރު ވުޟޫކުރާނެ ބަޔަކާއި، މުންނާރު، މިސްކިތުގެ ލޭންޑްސްކޭޕިންގ އަދި ވަށާފާރުގެ މަސައްކަތް ނިމިގެންދާނެ ކަމަށާއި، މި މިސްކިތުގައިވެސް ސޯލާރ ޕެނަލް ހަރުކުރާ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

މިއީ ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

ގެމަނަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ފަށައިފި

ގެމަނަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ފަށައިފި

Qw

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

778

ގެމަނަފުށީ މިސްކިތުގެ މަސައްކަތް ނިންމަން އާރްޑީސީން ތައްޔާރުވެއްޖެ