ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

އުއްތަމަފަނޑިޔާރުކަމަަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބުއުނަލުގެ ރައީސްގެ މަގާމުގައި ހުންނެވި ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އުއްތަމަފަނޑިޔާރުކަމުގެ މަގާމުން ކުރިން ހުންނެވި މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާކުރެއްވުމާ ގުޅިގެން މަގާމު ހުސްވުމުން އުއްތަމަފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެ ތިން ބޭފުޅުންގެ ތެރެއިން ޣަނީ އެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަަނުން ނިންމިއެވެ.

އެ މަގާމަށް ޣަނީ އައްޔަންކުރުމާމެދު މަޖިލީހުގެ ރައުޔަ ހޯއްދެވުމަށް އޭނާގެ ނަންފުޅު މަޖިލީހަށް ރައީސް ފޮނުއްވީ އިއްޔެއެވެ. އަދި ޖުޑީޝަރީ ކޮމިޓީއަށް އެ މައްސަލަ ފޮނުވުމުން އެ ކޮމިޓީން އިއްޔެ ނިންމާފައިވަނީ ޣަނީއަށް ރުހުން ދިނުމަށެވެ.

އެ ކޮމިޓީގެ ނިންމުމާ އެއްގޮތަށް މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުން އުއްތަމަފަނޑިޔާރުގެ މަގާމަށް ޣަނީ އައްޔަންކުރަންވަނީ ފާަސްކޮށްފައެވެ.

ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ދިގު މުއްދަތަކަށް ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް 2018 ވަނަ އަހަރު ޣަނީ އައްޔަންކުރެވުނެވެ.

ނަމަވެސް 2018 ވަނަ އަހަރު ވެރިކަން ބަދަލުވެ، އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ޣަނީ ސުޕްރީމް ކޯޓުން ވަކިކުރިއެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ބެސްޓިނެޓާއެކު މަސައްކަތް ނުކޮށްފިނަމަ ދައުލަތުން ބޮޑު ބަދަލެއް ދޭންޖެހުނީސް: އުޝާމް

uthama fadiyaaru

ކާމިޔާބަށް ވާސިލުވުމަށް އެމީހެއްގެ އަގީދާ އާއި އީމާންތެރިކަންވެސް ވަރުގަދަކުރަންޖެހޭ: އުއްތަމަ ފަނޑިޔާރު

112

އިސްލާހުތަކާއެކު މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި

66

ބަންޑާރަ ނައިބު އުޝާމް އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

TTH_advertisement