ކުއްލި ޚަބަރު

ގުޅީފަޅު ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ލަންކާގެ ދެ މަސް ބޯޓު ހިފަހައްޓައިފި

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހުވާވޭ ކުންފުނީގެ އައިސީޓީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި 4 ދަރިވަރަކަށް

“ސީޑްސް ފޮރ ދަ ފިއުޗަރ 2025” ޕްރޮގްރާމަށް ރާއްޖެއިން 4 ދަރިވަރަކު ހޮވައިފިއެވެ.

ޗައިނާގެ ހުވާވޭ ކުންފުނީގެ ފަރާތުން ތަމްރީނު ހާޞިލުކުރުމަށް ހުޅުވާލި “ސީޑްސް ފޮރ ދަ ފިއުޗަރ 2025” ޕްރޮގްރާމް އިފްތިތާޙްކުރުމުގެގޮތުން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދުއެވެ.

“ސީޑްސް ފޮރ ދަ ފިއުޗަރ 2025” ޕްރޮގްރާމަށް ހޮވުނު ދަރިވަރުން:

1. ޒަޔާން އަބްދުﷲ ނާޒިލް- ވިލާ ކޮލެޖް
2. ޔޫސުފް އަޔާން މުސްތާގް- ވިލާ ކޮލެޖް
3. އިޔާން އަޒީޒް- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)
4. އަފާ އިސްމާޢިލް- ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް

“ސީޑްސް ފޮރ ދަ ފިއުޗަރ 2025” ފްރޮގްރާމަކީ ޗައިނާގެ ހުވާވޭ ކުންފުނީގެ ފަރާތުން އިންފޮރމޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ދާއިރާ އިން ތަމްރީނު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ބައިވެރިވުމަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ.

މި ޙަފްލާގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ހައިދަރު އަޙްމަދުގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކޮންގ ޒްޝިޔަންހުވާ ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Minister Ismail Shafeeu

2027 އިން ފެށިގެން ސްކޫލްތަކުގެ ޔުނިފޯމް ބަދަލުކުރުމަށް ނިންމައިފި

ވަރަ އެކްސްޕޯ ނިންމާލައިފި

މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް 513 މިލިއަން ރުފިޔާ މިއަހަރު ދޫކޮށްފި

Big cqtxmlb7y5ovsgurpupeicnxu

ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފި

TTH_advertisement