ކުއްލި ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ވީއައިއޭގެ ދަރަނީގެ ހިއްސާދާރުންނަކީ އެމްޑީޕީ: ސައީދު

saeed

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ދަރަނި، ރާއްޖޭގެ މައި އިގުތިސާދު، ޓޫރިޒަމާ ގުޅިފައިވުމުން އެއީ ދަރަނި ކަމަށް ނުބެލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ “ރާއްޖެމިއަދު” ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ސައީދު އެހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ރައްދުދެއްވަމުންނެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވީއައިއޭގެ ދަރަނީގެ ޒިންމާ ނަގަންޖެހޭނީ މާ މޮޅު އިކޮނޮމިޓެއްގެ ގޮތުގައި ވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށެވެ.

ވީއައިއޭ ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައި އޮއްވައި އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއާޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއް ކަމަށާއި މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެއާޕޯޓުގެ ނަމުގައި ނެގި ދަރަނިން ކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޖީއެމްއާރަށް އެއާޕޯޓު ވިއްކާލީ 78 މިލިއަން ޑޮލަރު ހޯދަން ކަމަށާއި ހުރިހާ ބާރެއް ގެއްލޭގޮތަށް ޖީއެމްއާރަށް ދިން އިރު، އެ ކުންފުނީގެ ޕްލޭންގައި އެއާޕޯޓުގައި ދެވަނަ ރަންވޭއެއް ހެދުމުގެ ވިސްނުމެއް ވެސް ނެތް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވީއައިއޭ ތަރައްގީކުރުމުގެ މަސައްކަތް ފެށީ ޓޫރިޒަމް ދާއިރާގެ ކުރިއެރުވައި އިގުތިސާދު ފުޅާކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ޓޫރިޒަމް އިންޑަސްޓްރީ ކޮމްޕެއާ ކުރެވިދާނެ އޮއިލް ރިޗް ގައުމުތަކުގައި ޕެޓްރޯލިއަމް އެމީހުންގެ ގައުމަށް މުހިންމުވާހެން. ދިވެހިރާއްޖެއަށް މުހިންމު މިވަނީ ޓޫރިޒަމްގެ ސިނާއަތް. އެހެންވީމާ ޓޫރިޒަމްގެ ސިނާއަތް މުހިންމު ވަންޏާ، އޭގެ ޑިފޯލްޓް ޖަވާބަކީ އެއާޕޯޓޭ އެންމެ މުހިންމުވާން ޖެހޭ ތަނަކީ. އެހެންވީމާ އެއީ އޭގެ ޒާތުގައި ދަރަންޏެއް ނޫން. ޑެޓެއް އެ ގެނެވެނީ، ދަރަންޏޭ ކިޔަންޏާ ކިޔަންވީ. އެހެންނަމަވެސް އާމްދަނީއާ ގުޅިފައި އެ ހުރީ،” ސައީދު

ސައީދު ވިދާޅުވީ އިންވެސްޓްމަންޓަށް ގެންނަ ފައިސާ ނުގެނެސް، ރާއްޖޭގެ ޓޫރިޒަމް އިތުރުކުރާނެ ގޮތެއް ނޯންނާނެ ކަމަށާއި ރަށްތައް އިތުރުކުރެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށެވެ. އަދި އޭރުން ރާއްޖޭގެ ޖީޑީޕީ އޮންނާނީ އަބަދުވެސް ހިފެހެއްޓިފައި އޮންނަ މިންވަރެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އެމްޑީޕީގެ އިޝޫއަކީ ދިވެހިރާއްޖެ 40 އަހަރުން ނުއުފައްދާ ދަރަނި އެބޭފުޅުން އުފެއްދީ ރިކަރަންޓް އެކްސްޕެންޑިޗާއިން ސަރުކާރު ހިންގަން. މިއަދު ރާއްޖޭގައި ދިމާވެގެން މިއުޅޭ ހާލަތުގެ އެންމެ ބޮޑު ކޮންޓްރިބިއުޓަރަކީ އެމްޑީޕީ،” ސައީދު

ސައީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިތުރުކުރެވެން އޮތީ އާ ރަށްތައް ދޫކޮށް، އާ ޓޫރިސްޓް އެނދު އިތުރުކޮށް، އާ ވިސްނުންތައް ޓޫރިޒަމްގެ ސިނާއަތަށް ގެނެސްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ELL Mobile Advertisement TTH_advertisement